ބޮލީވުޑް އަދި ޓީވީ އެކްޓަރ ޗާރޫ ރޯހަތުގީ ހާޓްއެޓޭކެއް ޖެހިގެން އިއްޔެ މަރުވެއްޖެއެވެ.
ބޮލީވުޑްގެ އެކްޓަރ ޕަރްނީތީ ޗޮޕްރާ ކޮށްފައިވާ ޓްވީޓެއްގައި ވަނީ ޗާރޫ ރޯހަތުގީ މަރުވުމުން އެކަމުގެ ހިތާމަފާޅުކޮށްފައެވެ.
ޗާރޫ ރޯހަތުގީ ވަނީ ޓީވީ ސީރީޒްއެއް ކަމަށްވާ އިޝަގްޒާދޭގައި ޕަރިނީތީގެ މަންމަގެ ރޯލު އަދާކޮށްފައެވެ.
ޗާރޫ ރޯހަތުގީ ވަނީ މަޝްހޫރު ޑްރާމާ ސީރޫސް އިސްޕްޔާރު ކޯ ކިޔާނާމްދޫން އިން ވެސް ފެނިގެންގޮސްފައެވެ. އޭނާ ފެނިގެން ގޮސްފައިވަނީ 15 ޕާކް އެވެނިއު އަދި ސެކަންޑް މެރިޖް ޑޮޓް ކޮމް އިންވެސް ފެނިގެންގޮސްފައެވެ.