ކ. މާލެ
|
15 ޖެނުއަރީ 2018 | ހޯމަ 12:23
ޓައިގާ ޒިންދާހޭގެ ޕޯސްޓަރ
ޓައިގާ ޒިންދާހޭގެ ޕޯސްޓަރ
އިންޑިއަން އެކްސްޕްރެސް
ޓައިގާ ޒިންދާހޭ
ޓައިގާ ޒިންދާހޭގެ ތިންވަނަ ފިލްމެއް އުފައްދަނީ
"ޓައިގާ ޒިންދާހޭ"އަކީ 2012 ގައި ސަލްމާނާއި ކެޓްރީނާ ކުޅުނު ފިލްމް "އޭކް ތަ ޓައިގާ" ގެ ދެވަނަ ބައި
ސިނަމާއަށް މި ފިލްމު އައިސްފައި ވަނީ ޑިސެމްބަރު 22 ގައި

މިދިޔަ މަހުގެ 22 ވަނަ ދުވަހު ނިކުތް ޓައިގާ ޒިންދާހޭ އަށްވަނީ 500 ކުރޯޑްއަށް ވުރެ ގިނަ ރުޕީސް ލިބިފައެވެ.

މި ފިލްމުގެ ކާމިޔާބީއާއި ގުޅިގެން ސަލްމާން ޚާން މިވަނީ މި ފިލްމުގެ ތިންވަނަ ސީކުއެލްއެއް ނެރުމަށް ވިސްނުން ހުރި ކަމަށް ބުނެފައެވެ. ކެޓްރީނާ ކައިފް މިހާރު ޝޫޓް ކުރަމުންދާ ތަގްސް އޮފް ހިންދުސްތާން ނިމެންވާއިރަށް އޭނާގެ ރޭސް3 ގެ ޝޫޓިން ނިންމާލެވޭ ވަރުވާނެ ކަމަށާއި އެއަށް ފަހު ޓައިގާ ޒިންދާހޭގެ ތިންވަނަ ބަޔައިގެން އުޅެންވީ ކަމަށް ސަލްމާން ބުންޏެވެ. އަދި ވަރަށް އަވަހަށް އެކަމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޓައިގާ ޒިންދާހޭގެ ފުރަތަމަ ފިލްމަކީ އޭކްތާ ޓައިގާއެވެ. ދެފިލްމުގެ ވެސް ލީޑު ރޯލުން ފެނިގެން ދަނީ ސަލްމާން ޚާންއާއި ކެޓްރީނާ ކައިފްއެވެ. ޓައިގާ ޒިންދާހޭގެ ޑައިރެކްޓަރ އައްބާސް ޒަފަރު ވެސް ވަނީ ޓައިގާ ޒިންދާހޭގެ ތިންވަނަ ބައެއް ގެނެސްދިނުމަށް މަޝްވަރާތައް ފަށާފައިވާ ކަމަށް ބުނެފައެވެ.

ސަލްމާން ހާން މި ފިލްމުގައި ފެންނަނީ ކުރީގެ ފިލްމުގައި ވެސް ފެނިގެން ދިޔަ އިންޑިއާގެ ޖާސޫސީ އިދާރާ ކަމަށްވާ ރޯގައި މަސައްކަތްކުރާ އެޖެންޓެއްގެ ގޮތުގައެވެ. އަދި ކެޓްރީނާ ފެނިގެން ދާނީ ޕާކިސްތާނުގެ ޖާސޫސީ އިދާރާގައި މަސައްކަތްކުރާ ސްޕައި އެޖެންޓެއްގެ ރޯލުންނެވެ. މި ފިލްމަކީ ޔާޝް ރާޖް ފިލްމް (ވައިއާރްއެފް) އިން އުފައްދާފައިވާ ފިލްމެކެވެ.

- ކޮމެންޓް