ހަގީގަތް ހާމަކުރާއިރަށް ވަޒީރުން "ރަތަށް" އަރަންނުޖެހޭ ކަމަށް ، ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މައުސޫމް އެމާނަ ދޭހަވާގޮތަށް ކުރެއްވި ޓްވީޓުގައި އިތުރަށް ވިދާޅުވެފައި ވަނީ ކިތަންމެ ކޯފާވިޔަސް ނޫސްވެރިންނާއި ސޯސަލް މީޑިއާ އެކްޓިވިސްޓުން އަދި އިދިކޮޅު ފަރާތްތަކުންނާއި އާންމު ރައްޔިތުން ހަގީގަތް ހާމަ ކުރާނެ ކަމަށެވެ.
Haqeegaiy (veegothaai vaagoiy) haamakuraa irah vazeerun rathah araavadaigannan jeheytha?
— Abdulla Mausoom (@Mausoom_Maus) January 14, 2018
Kithanme koafaa viyas noosverinnaai social_media_actvistun adhi idikolhu faraaiythakunnaai aanmu rayyithun haqeegaiy haamakuraane...#politics #media #journalism #Maldives
މައުސޫމް އެގޮތަށް ވިދާޅުވެ ޓްވީޓް ކުރައްވާފައި މިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއަށް ނިސްބަތްވާ ގޮތަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަތަކެއް ދައްކަވާފައިވާ ދަނޑިވަޅެއްގަ އެވެ. މީގެއިތުރުން ވެސް ސަރުކާރުގެ އިސްވެރިންނާ މެދު ކުރެވޭ އެކިއެކި ތުހުމަތުތަކާއި ފެތުރެމުންދާ ކޮރަޕްޝަންގެ ވާހަކަތައް އިންތިހާއަށް ފެންމަތި ވެފައިވާ ދުވަސްވަރެއްގަ އެވެ.
ރާއްޖެ އިސްލާހު ކުރުމަށްޓަކައި ގުޅިފައިވާ ޕާޓީތަކުގެ ހަތަރު ލީޑަރުން ގުޅިގެން މަސައްކަތް ފެށުމާއެކު ސަރުކާރަށް ހަތަރު އުދަރެސް ފެނުޖެހި އަތުންފައިން ގޯސް ހަދަން ފަށާފައިވާ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ މައުސޫމް ވިދާޅުވެފައި ވެއެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު މ. ކުނޫޒުގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މައުސޫމް ވިދާޅުވެފައި ވަނީ ސަރުކާރުން ކަންކުރާ ގޮތުން ބޭރު ދުނިޔެއިން އެއްޗެއް ބުނާއިރަށް އެފަރާތްތަކާ ދެކޮޅަށް ވެސް ބަސްބުނަމުންދާ ކަމަށާއި، އެފަރާތްތަކަށް ފާޑު ކިޔަމުންދާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ކަންކަމާ ބެހުމުން އެމީހުން ގޯސްވެފައި، އެހީއެއް ބޭނުންވުމުން އެފަރާތްކަށް ވުރެ ރަނގަޅު ބައެއް ނޫޅޭ ކަމަށް ވެސް މައުސޫމް ވިދާޅުވެފައި ވެއެވެ.
ގާސިމް އިބްރާހީމްގެ ސަން އައިލެންޑް ރިސޯޓްގެ ޖެނަރަލް މެނޭޖަރެއްގެ މަގާމުގައި ހުންނެވުމަށް ފަހު ދާދިފަހުން މައުސޫމް ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
މައުސޫމް ގެންދަވަނީ ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން ގައުމު އިސްލާހު ކުރުމަށް ކުރަމުންދާ މަސައްކަތުގައި އަމަލީ ގޮތުން ހަރަކާތްތެރިވެ ވަޑައިގަންނަވަމުންނެވެ.