ކ. މާލެ
|
15 ޖެނުއަރީ 2018 | ހޯމަ 10:47
ވީރޭ ދި ވެޑިންގެ ޕޯސްޓަރ
ވީރޭ ދި ވެޑިންގެ ޕޯސްޓަރ
އިންސްޓަގްރާމް
ވީރޭ ދި ވެޑިން
ވީރޭ ދި ވެޑިން ޖޫން އެކަކަށް ލަސްކޮށްފި
 
ފިލްމުގެ ޑައިރެކްޓަރަކީ ޝަޝަންކާ ގޯޝް
 
ކުރިން ޝެޑިއުލްކޮށްފައިވަނީ މިއަހަރުގެ މާޗްމަހުގެ 18 ވަނަ ދުވަހުގައި ނެރުމަށް

ކަރީނާ ކަޕޫރާއި ސޯނަމް ކަޕޫރާއި ސްވަރާއި ބާސްކަރު އަދި ޝިކާ ތަލްސާނިއާ އެކީގައި ފެނިގެންދާ "ވީރޭ ދި ވެޑިން" މިއަހަރުގެ ޖޫންމަހުގެ އެއްވަނަ ދުވަހަށް ލަސްކޮށްފިއެވެ.

އަންހެނުންތަކެއްގެ ވާހަކަ ކިޔައިދޭ "ވީރޭ ދި ވެޑިން" ކުރިން ޝެޑިއުލް ކޮށްފައިވަނީ މިއަހަރުގެ މާޗްމަހުގެ 18 ވަނަ ދުވަހަށެވެ.

މި ފިލްމުގެ އެއް ޕްރޮޑިއުސަރު ކަމަށްވާ އެކްތާ ކަޕޫރު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ޖޫން މަހުގެ އެއްވަނަ ދުވަހަކީ ބޮޑު ދުވަހެއް ކަމަށެވެ. އެދުވަހަކީ އޭނާގެ ކޮއްކޮ އަދި ބޮލީވުޑްގެ އެކްޓަރ ތުޝާރު ކަޕޫރުގެ ދަރި ލަކްޝްޔާގެ އުފަންދުވަސް ކަމަށާއި ވީރޭ ދި ވެޑިން އަޅުވާނީ އެދުވަހުގައި ކަމަށެވެ.  

ސޯނަމް ކަޕޫރު ވެސް ވަނީ ޖޫންމަހުގެ އެއްވަނަ ދުވަހަށް ފިލްމު ލަސްވެފައިވާ ކަމަށް ބުނެ އިންސްޓަގްރާމަށް ފޮޓޯއެއް އަޕްލޯޑް ކޮށްފައެވެ.

"ވީރޭ ދި ވެޑިން" ވެގެންދާނީ ކަރީނާ ކަޕޫރު ވިހެއުމަށް ފަހު އެންމެ ފުރަތަމަ ފެނިގެންދާނެ ފިލްމަށެވެ. އަދި މިއީ ކަރީނާ ކަޕޫރާއި ސޯނަމް ކަޕޫރާއި ސްވަރާއި ބާސްކަރު އަދި ޝިކާ ތަލްސާނިއާ، މި ހަތަރު ތަރިން ވެސް އެކީގައި ފެންނާނެ ފުރަތަމަ ފިލްމެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ޝަޝަންކާ ގޯޝްއެވެ. ޝަޝަންކާ ގޯޝް އެންމެ ފަހުން ޑައިރެކްޓް ކޮށްފައިވަނީ 2014 ވަނަ އަހަރު ނެރުނު "ޚޫބްސޫރަތު" އެވެ. އެ ފިލްމަށް ވަނީ ބެލުންތެރިންގެ ތަރުހީބެއް ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
100%
0%
0%
0%
0%
0%
ކޮމެންޓް