މަޖިލީހަށް ގަދަކަމުން ވަންކަމަށް ބުނާ މައްސަލައިގައި މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ކްރިމިނަލް ކޯޓަށް ހާޒިރުވާން ޗިޓް ފޮނުވައިފިއެވެ.
އަލީ ހުސައިން އަށް ޗިޓް ފޮނުވާފައިވަނީ މިމަހުގެ 16ވާ އަންގާރަ ދުވަހު ކޯޓަށް ހާޒިރުވުމަށެވެ. އަލީ ހުސައިން ވަނީ އެޗިޓާއި ޖުމްހޫރީ ޕާޓީގެ އޮފީހުގައި އިންނަވައި ހަވާލުވެވަޑައިގެންފައެވެ.
Rayyithunge Majlis ge Kendhoo dhaairaage member hon. Ali Hussain @AleeVoice 16 January 2018 vana dhuvahu criminal court ah haaziruvaan chit havaalukohfi #Aniyaaaidhekolhu @riyazabdulla @qasimibrahim pic.twitter.com/7r3HJ2SwO8
— Jumhooree Party (@Jumhooree_MV) January 14, 2018
ސިފައިން މަޖިލިސް ބަންދުކޮށްފައިވަނިކޮށް މަޖިލީހަށް ވަންކަމަށް ބުނާ މައްސަލައިގައި 12 މެމްބަރެއްގެ މައްޗަށް ދައުވާ ކުރެއެވެ. އެއީ އަލީގެ އިތުރުން ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި، ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާއި، މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތު އާއި، ހިންނަވަރު ދާއިރާގެ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި، ހެންވޭޭރު އުތުރު ދާއިރާގެ އަބްދުﷲ ޝާހިދާއި، ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒާއި، ނޮޅިވަރަމު ދާއިރާގެ ހުސައިން އަރީފާއި، ހެންވޭރު ދެކުނު ދާއިރާގެ މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އާއި، ހިތަދޫ މެދު ދާއިރާގެ އިބްރާހިމް މުހައްމަދު ދީދީ އާއ ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމްގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ މުހައްމަދު ފަލާހްގެ މައްޗަށެވެ.
އެ މެމްބަރުންގެ މައްޗަށް ދައުވާ ސާބިތުވެއްޖެނަމަ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ހުކުމާއިއެކު މެމްބަރުކަމުގެ ގޮނޑި ނުގެއްލުނު ނަމަވެސް ހުކުމުގެ މުއްދަތުގައި މަޖިލީހުގެ ޖަލްސާތަކަށް ހާޒިރެއް ނުވެވޭނެއެވެ.