ޝެއިޚް ނަސްރުﷲ މުސްތަފާ ބައެއް ނޫސްވެރިންގެ މައްޗަށް ދައުވާކުރަން ނިންމުމުން ޢަދާލަތު ޕާޓީއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޢަދާލަތު ޕާޓީގެ ރަސްމީ ޓްވިޓަރ އެކައުންޓުން އާދިއްތަ ދުވަހު މެންދުރު ކޮށްފައިވާ ޓްވީޓެއްގައި ވަނީ މިހާރު ނިއުސްގެ 5 ނޫސްވެރިއެއްގެ މައްޗަށް ދައުވާކުރާ މައްސަލައިގައި އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.
Deeply concerned about the legal case brought up against five journalists of @Mihaarunews; @fazyahmed@AasiKaleyfaan@MuizzuIbrahim
— Adhaalath Party (@AdhaalathOffice) January 14, 2018
Mohamed Yameen &
Ahmed Abdulla Saeed.
Since the recent amendments, Maldivain journalists are exposed to extremely cruel legal barriers.
ނޫސްވެރިންގެ މައްޗަށް ޝެއިޚް ނަސްރުﷲ ދައުވާ ކުރަނީ އޭނާ އޮޅުވާލައިގެން ހައްޖަށް ބަޔަކު ގެންދިޔަކަމަށް ބުނާ މައްސަލައިގައި 'މިހާރު' ނޫހުގައި ލިޔުނު މައްސަލައިގައި، އަބުރަށް އަރައިގަތް ކަމަށް ބުނެއެވެ. މިމައްސަލައިގައި އެނޫހުގެ 5 ނޫސްވެރިޔަކަށް ސިވިލް ކޯޓަށް ހާޒިރުވުމަށް އަންގާރަ ދުވަހަށް ވަނީ ޗިޓް ފޮނުވާފައެވެ. ހައްޖަށް އޮޅުވާލައިގެން ބަޔަކު ގެންގޮސް، އެމީހުން ހާލުގައި ޖެހުނު ވާހަކަ ލިޔުނު ނޫސްވެރިންނާއި ދެކޮޅަށް އަބުރުގެ ދައުވާ ކުރަން ޝެއިޚް ނަސްރުﷲ ކޯޓަށް ހުށަހެޅިއިރު، އެމައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައެވެ.
މީގެ އިތުރުން އަނބިމީހާއަށް އަޅާނުލުމާއި، ދަރިންނަށް އަޅާނުލުމުގެ އިތުރުން އޮރިޔާން ކާޑު އުފެއްދުމާއި ގެންގުޅުމުގެ ދައުވާ ވެސް ނަސްރުﷲގެ މައްޗަށް ދަނީ ކުރެވެމުންނެވެ. މިމައްސަލަތައް ފެންމަތިވެ، ނަސްރުﷲ އޭރު ޕްރިންސިޕަލްކަން އަދާކުރަމުން ގެންދިޔަ ޢަރަބިއްޔާ ސްކޫލުން އޭނާ ވަނީ އިސްތިއުފާ ދީފައެވެ.
އަދި އޭގެ ފަހުން އޭނާ , ވެރިކަންކުރާ ޕާޓީ ޕީޕީއެމްގެ އޮފީސްތެރެއިން ފެންނަ ފޮޓޯތަކެއް ވަނީ އާއްމުވެފައެވެ.
ޢަދާލަތު ޕާޓީއިން ބުނީ ޤާނޫނުތަކަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން ނޫސްވެރިންނަށް އަނިޔާވެރި ހުރަސްތަކަކާއި ކުރިމަތިވެފައިވާ ކަމަށެވެ.