ސިވިލް ސަރވިސް މުވައްޒަފުންނަން ދިނުމަށް ކަނޑައަޅާފައިވާ 1000 ހައުސިން ޔުނިޓަށް އެދި ފޯމް ހުށައެޅުމަށް ހުޅުވާލި ފުރުޝަތު މިއަދަށް ހަމާވަނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ސިވިލް ސާވަންޓުންނަށް ފްލެޓް ދިނުމަށް ނިންމާފައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 7000 ހައުސިން ޔުނިޓްގެ ތެރެއިންނެވެ.
އާދީއްތަ ދުވަހު ހައުސިން މިނިސްޓްރީ ބުނީ ސިވިލް ސާވިސްގެ މުވައްޒިފުންނަން ހާއްސަކޮށްގެން ދޫކުރާ ފްލެޓަށް އެޕްލިކޭޝަން ހުޅައެޅުމަށް އޮތް އެންމެ ފަހު ދުވަހަކީ މިއަދު ކަމަށާއި އެހެންކަމުން ފުލެޓަށް އެދި ފޯމް ހުށައަޅާ ހުރިހާ މުވައްޒިފުން ވެސް އެ މުވައްޒިފެއް ނިސްބަތްވާ އޮފީހަކަށް ފޯމް ހުށައެޅުމަށް އެދޭ ކަމަށެވެ.
ސިވިލް ސާވަންޓުގެ މުސާރައިން ކުޑަ އެއްޗެއް ދައްކައިގެން ފްލެޓުގައި އެޅޭ ފަދަ ސްކީމެއް މިހާރު ވަނީ ތައްޔާރުކޮށްފައެވެ. ސިވިލް ސާވަންޓުންނަށް ދޭ ފްލެޓުތައް ކޮންމެ މިނިސްޓްރީއެއްގައި މަސައްކަތް ކުރާ މުވައްޒިފުންގެ އަދަދަށް ބަލާފައި ހަމަހަމަ ރޭޝިއޯއަކުން ބަހާލާފައިވާ ކަމަށާއި އެގޮތުން ކޮންމެ ވުޒާރާއަކުން ވެސް ތިން ކެޓަގަރީއަކަށް ބަހާލައިގެން ފްލެޓުތައް ދޭނެ ކަމަށް ހައުސިންގް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެގޮތުން ފަންނީ އަދި މެނޭޖިރިއަލް މަގާމުތަކުގައި މަސައްކަތް ކުރާ މުވައްޒިފުންނަށް 300 ފްލެޓާއި، އިދާރީ މަގާމުތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް 300 ފްލެޓު އަދި ސަޕޯޓް ސާވިސް ގޮތުގައި މަސައްކަތް ކުރާ މުވައްޒިފުންނަށް 400 ފްލެޓު ދޭނެ ދިނުމަށް ވަނީ ހަމަޖެހިފައެވެ.