އައްޑޫ ސިޓީ ހިތަދޫ އެލުމިނިއަމް ގޭގައި ހޮނިހިރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެ ގެ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހަލާކުވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވެ އެވެ. އެލްމިނިއަމް ގޭގައި އަލިފާން ރޯވި ސަބަބެއް ވެސް އަދި ނޭނގެ އެވެ.
މި ގޭގައި އަލިފާނުގެ ހާދިސާ ހިނގިއިރު، ގޭގައި އެއްވެސް މީހަކު ނެތެވެ. ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި އެ ގެ ހުސްކޮށްފައި ހުރީ ބަޔަކަށް ކުއްޔަށް ދިނުމަށެވެ.
މި ގޭގައި ރޯވި އަލިފާންގަނޑު ނިއްވާލީ ސިފައިން ގޮސް ހޮނިހިރު ދުވަހުގެ ރޭ ދަންވަރުގަ އެވެ.