އައްޑޫ ސިޓީ ހިތަދޫ ގެއެއްގައި ހޮނިހިރުގެ ދުވަހުގެރޭ ދަންވަރު 1:05 އެހާއިރު އަލިފާން ރޯވެ އެގޭގެ ބޮޑު ބައެއް އަނދައިފިއެވެ.
އެގޭގައި މީހުން ނިދާފައި ތިބިނަމަވެސް އެއިން އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވެއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެ ބޮޑުބައެއް އަނދާފައިވަނީ ހިތަދޫ ބޮޑުމަގުގައި ހުންނަ ޗެކްމާކް ފިހާރަ ކައިރީގައި ހުންނަ އެލްމިނިއަމް ގޭގަ އެވެ. އަލިފާން ރިއްވުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.
އަލިފާންގަނޑު ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައިވަނީ ގާތްގަޑަކަށް 1:45 ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.