މާދަމާ ސްކޫލުތައް ހުޅުވޭއިރު ސްކޫލުތައް ފެށޭ ގަޑިތަކުގައާއި ނިމޭ ގަޑިތަކުގައި ސްކޫލުތައް ހިމެނޭ ސަރަޙައްދުގެ ޓްރެފިކް ބެލެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށާއި، ސްކޫލުތައް ހިމެނޭ ބައެއް މަގުތައް ހަތަރު ފޮރޮޅުލީ އުޅަނދަށް ނުވަދެވޭ ގޮތަށް ބަންދު ކުރާނެކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ ސްކޫލްތައް ފެށޭ ގަޑީގަޔާއި ނިމޭ ގަޑީގައި ޓްރެފިކް ބެލެހެއްޓުމަށް ޓްރެފިކް ފުލުހުން ޙަރަކާތްތެރިވާނެ ކަމަށެވެ.
ޓްރެފިކް ފުލުހުން ވަނީ މާލޭގެ 13 ސަރަހައްދެއް ބަންދު ކުރާނެ ގޮތުގެ ތަފްޞީލު ހާމަކޮށްފައެވެ. އެގޮތުން މަގުތައް ބަންދުކުރުމަށް ހަމަޖެހިފައިވާ ގޮތްތަކަކީ؛
އަމީނިއްޔާ، ޢަރަބިއްޔާ އަދި އިސްކަންދަރު ސްކޫލް ހިމެނޭ ސަރަޙައްދު
 - ރަށްދެބައި މަގު، ޝީރާޒީ ހިނގުން ގުޅުނު ހިސާބުން ހުޅަނގަށް 4 ފުރޮޅުލީ އުޅަނދަށް ބަންދު ކުރުން
 - ރަށްދެބައި މަގު، ލިލީ މަގު ގުޅުނު ހިސާބުން ހުޅަނގަށް 4 ފުރޮޅުލީ އުޅަނދަށް ބަންދު ކުރުން
 - ޝަހީދު ކުޑައާދަމުގެ ކުޑަތުއްތު ހިނގުން، ލިލީ މަގު ގުޅުނު ހިސާބުން ހުޅަނގަށް 4 ފުރޮޅުލީ އުޅަނދަށް ބަންދުކުރުން
 - ޗާނދަނީ މަގު، ފަރީދީ މަގު ގުޅުނު ހިސާބުން ދެކުނަށް 4 ފުރޮޅުލީ އުޅަނދަށް ބަންދުކުރުން
 - ސްކޫލުން ދަރިވަރުން ނިކުންނަ ގަޑީގައި ޗާނދަނީ މަގު، ލިލީ މަގު ގުޅުނު ހިސާބުން ދެކުނަށް އެއްގަމު އުޅަނދަށް ބަންދުކުރުން
 - ފަރީދީ ހިނގުން، ފަރީދީ މަގު ގުޅުނު ހިސާބުން ދެކުނަށް 4 ފުރޮޅުލީ އުޅަނދަށް ބަންދުކުރުން
 - ސައްޔިދުކިލެގެފާނު މަގު، ކެނެރީމަގު ގުޅުނު ހިސާބުން އިރަށް 4 ފުރޮޅުލީ އުޅަނދަށް ބަންދުކުރުން
 - ސައްޔިދުކިލެގެފާނު މަގު، ދިދިގޯޅި ގުޅުނު ހިސާބުން އިރަށް 4 ފުރޮޅުލީ އުޅަނދަށް ބަންދުކުރުން
 
މަޖީދިއްޔާ ސްކޫލް ހިމެނޭ ސަރަޙައްދު
 - ސޯސަން މަގު، މެދުޒިޔާރަތް މަގު ގުޅުނު ހިސާބުން ހުޅަނގަށް 4 ފުރޮޅުލީ އުޅަނދަށް ބަންދުކުރުން
 - އަބަދަށްފެހި މަގު، ގުލޭނޫރަން މަގު ގުޅުނު ހިސާބުން އުތުރަށް 4 ފުރޮޅުލީ އުޅަނދަށް ބަންދުކުރުން
 
ދަރުމަވަންތަ ސްކޫލް ހިމެނޭ ސަރަހައްދު
 - ނަސްރީނު ގޯޅި، މެދުޒިޔާރަތް މަގު ގުޅުނު ހިސާބުން ހުޅަނގަށް 4 ފުރޮޅުލީ އުޅަނދަށް ބަންދުކުރުން
 - ހަކުރާ ގޯޅި، ހިތައްފިނިވާ މަގު ގުޅުނު ހިސާބުން އުތުރަށް 4 ފުރޮޅުލީ އުޅަނދަށް ބަންދުކުރުން
 
ބިލަބޮންގް ސްކޫލް ހިމެނޭ ސަރަހައްދު
 - އަމީނީ މަގު، ސިއްތިމާވާ ހިނގުން ގުޅުނު ހިސާބުން އުތުރަށް 4 ފުރޮޅުލީ އުޅަނދަށް ބަންދުކުރުން
 - ބުރުޒު މަގު، ރައްދެބައި ހިނގުން ގުޅުނު ހިސާބުން ދެކުނަށް 4 ފުރޮޅުލީ އުޅަނދަށް ބަންދުކުރުން
 
ޖަމާލުއްދީން ސްކޫލް ހިމެނޭ ސަރަހައްދު
 - ބޮޑުރަސްގެފާނު މަގު، ސަބުދެލި ގޯޅި ގުޅުނު ހިސާބުން އުތުރަށް 4 ފުރޮޅުލީ އުޅަނދަށް ބަންދުކުރުން
 - ލޮނުޒިޔާރަތް މަގު، ސިއްތިމާވާ ހިނގުން ގުޅުނު ހިސާބުން އުތުރަށް 4 ފުރޮޅުލީ އުޅަނދަށް ބަންދުކުރުން
 - ރައްދެބައި މަގު، މަދޮށި ގޯޅި ގުޅުނު ހިސާބުން އިރަށް 4 ފުރޮޅުލީ އުޅަނދަށް ބަންދުކުރުން
 
އަޙުމަދިއްޔާ ސްކޫލް ހިމެނޭ ސަރަހައްދު
 - އަމީނީމަގު، އައިމިނާރަނި ހިނގުން ގުޅުނު ހިސާބުން އުތުރަށް 4 ފުރޮޅުލީ އުޅަނދަށް ބަންދުކުރުން
 - ބުރުޒުމަގު، ރައްދެބައި ހިނގުން ގުޅުނު ހިސާބުން ހުޅަނގަށް 4 ފުރޮޅުލީ އުޅަނދަށް ބަންދުކުރުން
 
ޣިޔާޘުއްދީން ސްކޫލް ހިމެނޭ ސަރަހައްދު
 - އަމީނީމަގު، ވައިދެރި ހިނގުން ގުޅުނު ހިސާބުން ހުޅަނގަށް 4 ފުރޮޅުލީ އުޅަނދަށް ބަންދުކުރުން
 - އަމީނީމަގު، މާފަތްތަކުރުފާނު މަގު ގުޅުނު ހިސާބުން އިރަށް 4 ފުރޮޅުލީ އުޅަނދަށްބަންދުކުރުން
 - އަމީނީމަގު، ކޯރުކެނޑި ހިނގުން ގުޅުނު ހިސާބުން އިރަށް 4 ފުރޮޅުލީ އުޅަނދަށްބަންދުކުރުން
 
ޢިމާދުއްދީން ސްކޫލް ހިމެނޭ ސަރަޙައްދު
 - އަމީނީމަގު، މިއުޒިކީ ހިނގުން ގުޅުނު ހިސާބުން ހުޅަނގަށް 4 ފުރޮޅުލީ އުޅަނދަށް ބަންދުކުރުން
 - ތަބުރޭޒިހިނގުން، ރެހެންދި ހިނގުން ގުޅުނު ހިސާބުން އިރަށް 4 ފުރޮޅުލީ އުޅަނދަށް ބަންދުކުރުން
 
ގަލޮޅު މަދަރުސާ ހިމެނޭ ސަރަޙައްދު
 - ލޮނުޒިޔާރަތްމަގު، ރުއްކެނޑިޔާހިނގުން ގުޅުނު ހިސާބުން ދެކުނަށް 4 ފުރޮޅުލީ އުޅަނދަށް ބަންދުކުރުން
 
ކަލާފާނު ސްކޫލް ހިމެނޭ ސަރަޙައްދު
 - ކަލާފާނު ހިނގުން، ބުރުޒުމަގު ގުޅުނު ހިސާބުން ދެކުނަށް 4 ފުރޮޅުލީ އުޅަނދަށް ބަންދުކުރުން
 
ހިރިޔާ އަދި ތާޖުއްދީން ސްކޫލް ހުންނަ ސަރަޙައްދު
 - ކަނބާ އައިޝާރަނިހިގުން، ސަބުދެލިމަގު ގުޅުނު ހިސާބުން ދެކުނަށް 4 ފުރޮޅުލީ އުޅަނދަށް ބަންދުކުރުން
 - ޝަހީދު ޢަލީހިނގުން، ބުލޫކިޔާމަގު ގުޅުނު ހިސާބުން ހުޅަނގަށްް 4 ފުރޮޅުލީ އުޅަނދަށް ބަންދުކުރުން
 - ބޮޑުތަކުރުފާނުމަގު، ތާޖުއްދީންހިނގުން ގުޅުނު ހިސާބުން އިރަށްްް 4 ފުރޮޅުލީ އުޅަނދަށް ބަންދުކުރުން
 
މާފަންނު މަދަރުސާ ހުންނަ ސަރަޙައްދު
 - ކަނބާ އައިޝާރަނިހިގުން، މަޖީދީމަގު ގުޅުނު ހިސާބުން ހުޅަނގަށް 4 ފުރޮޅުލީ އުޅަނދަށް ބަންދުކުރުން
 
ކިންޑަރ ޕްރީސްކޫލް އަދި ފަލާޙް ޕްރީސްކޫލް ހުންނަ ސަރަޙައްދު
 - އިރަމާމަގު، ހަނދުވަރީ ހިނގުން ގުޅުނު ހިސާބުން ހުޅަނގަށް 4 ފުރޮޅުލީ އުޅަނދަށް ބަންދުކުރުން
 - އިރަމާމަގު، އިއްޒުއްދީން މަގު ގުޅުނު ހިސާބުން ދެކުނަށް 4 ފުރޮޅުލީ އުޅަނދަށް ބަންދުކުރުން
 
މި ސްކޫލުތަކުގެ އިތުރުންވެސް މާލޭގެ ޕްރީ ސްކޫލުތައް ހިމެނޭ ސަރަޙައްދުތަކުގެ ޓްރެފިކް ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވަމުންދާނެކަމަށް ފުލުހުން ބުނެއެވެ.