އައްޑޫ ސިޓީގައި ފުރާވަރު ކުއްޖެއްގެ ބޮލުގައި ދަގަނޑުބުރިއަކުން ޖަހައި އޭނާ ޒަހަމްކޮށްލައިފިއެވެ.
އެ މާރާމާރީގައި ޒަހަމްކޮށްލާފައި ވަނީ 16 އަހަރުގެ ފިރިހެން ކުއްޖެކެވެ. އޭނާއަށް ހަމަލާދިން މައްސަލާގައި މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން އަދި ކަށަވަރެއް ނުކޮށްދެއެވެ.
އައްޑޫ ސިޓީ ރީޖަނަލް ހޮސްޕިޓަލުން ބުނީ މާރާމާރީއާ ގުޅިގެން ފަރުވާދެމުންދާ ކުއްޖާގެ ބޮލުގެ ދެ ތަނަކުން ފަޅައިގެން ގޮސްފައިވާ ކަމަށާއި އިތުރު އަނިޔާތަކެއް އޭނާއަށް ލިބިފައިނުވާ ކަމަށެވެ.
"ރާއްޖެއެމްވީ"އަށް އެނގިފައިވާ ގޮތުގައި ހިތަދޫ ބޮޑުމަގުގައި ބުރާސްފަތި ދުވަހުގެ ރޭ ހިންގި މާރާމާރީގައި އެ ކުއްޖާއަށް ހަމަލާދީފައި ވަނީ ސައިކަލެއްގައި ދިޔަ ބައެކެވެ. އޭނާއަށް ހަމަލާދީފައި ވަނީ ދަގަނޑުބުރިއަކުންނެވެ.