އައްޑޫ ސިޓީގެ ފޭދޫގައި ހިނގި އެކްސިޑެންޓެއްގައި ބިދޭސީ އަކަށް އަނިޔާވެއްޖެއެވެ.
ފޭދޫ ލިންކް ރޯޑްގައި ބުރާސްފަތި ދުވަހުގެރޭ 11 ޖަހަން ގާތްވެފައި ވަނިކޮށް ސައިކަލަކުން ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި ބިދޭސީ މީހާ އަށް ފޭދޫ ސިއްހީ މަރުކަޒުން ފަރުވާ ދީފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މިހާދިސާ ހިނގަން މެދުވެރިވީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލް ކޮންޓްރޯލްނުވެ، ބިދޭސީ މީހާގެ ގައިގައި ޖެހިގެން ކަމަށް މަޢުލޫމާތު ލިބެއެވެ.
ލިންކް ރޯޑްގައި ހުންނަ ޕީޕީއެމް ފޭދޫ އޮފީސް ކުރިމަތިން ހިނގި މިހާދިސާގައި އެކްސިޑެންޓްވި ސައިކަލްގައި ތިބި ދެ ޒުވާނުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.