ރައީސް ޔާމީން ހުންނެވީކީ އިންސާފްވެރި އިންތިޚާބަކުން ވެރިކަން ބަދަލުކުރަން ޖާގަދޭން ނޫން ކަމަށާއި މިވެރިކަން ބަދަލުވުން އެންމެ ގާތީ ރައްޔިތުންގެ ބާރުން ހަޑިގޮތަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން އިންތިހާބާ ބެހޭ ގާނޫނުތަކަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް ބަންޑާރަނައިބު މުހައްމަދު އަނިލް ވިދާޅުވެފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ.
ދައުލަތުގެ މީޑިޔާ ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އަނިލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގާނޫނާއި އާންމު އިންތިހާބާ ބެހޭ ގާނޫނާއި ރިޔާސީ އިންތިހާބުގެ ގާނޫނަށް ބަދަލު ގެންނާނެ ކަމަށެވެ. އަދި އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެންނަ ބަދަލުތައް ހިމަނައިގެން ބިލް މިހާރު ތައްޔާރުކޮށްފައިވާ ކަމަށާއި މި އަހަރު މަޖިލީހުގެ ފުރަތަމަ ދައުރުގައި ބިލް މަޖިލީހަށް ފޮނުވާނެ ކަމަށެވެ.
Dictator Yameen ge amaluthah huree minivan insaafuveri inthikhaabakun verikan badhalukuran furusathu dheygothakah noon. Miverikan badhaluvun emme gaathee rayyithunge baarun, hadigothakah. Emme fahuvaguthaa jehendhen insaafuveri inthikhaabeh hoadhan masakkaiy kuraanan pic.twitter.com/Qvz6H4hgyu
— Ahmed Mahloof (@AhmedMahloof) January 11, 2018