ކްލަބް މެޑް ކަނި ރިސޯޓުގައި މަސައްކަތް ކުރާ މީހަކު، އެ ރިސޯޓުން ފުރިފަހުން ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް، އޭނާ އެނބުރި ވަޒީފާއަށް ނުކުމެއްޖެއެވެ.
ގެއްލިގެން ހޯދަމުންދިޔައީ ކްލަބް މެޑް ކަނި ރިސޯޓުގައި މަސައްކަތް ކުރާ ސ. ހިތަދޫ، ފެލީނާ، އުމުރުން 25 އަހަރުގެ އަލީ ތޮއްޔިބެވެ.
ފުލުހުންގެ މީޑިއާއިން ބުނީ ގެއްލުނު މީހާ ފެނުނީ އޭނާ މަސައްކަތް ކުރާ ރިސޯޓަށް އެނބުރި ދިއުމުން ކަމަށެވެ.
ތޮއްޔިބުގެ އާއިލާއިން ބުނެފައި ވަނީ އޭނާ މީގެ ތިން ދުވަސްކުރިން ރިސޯޓުގެ ފެރީން މާލެ އައި ކަމަށާއި އޭނާގެ ހަބަރެއް ނުވެގެން ރިސޯޓުންވެސް އާއިލާއަށް އެންގި ކަމަށެވެ. ނަމަވެސް އޭނާ މާލޭގައި ހުންނަ ގެއަށް ގޮސްފައި ނުވާތީ ގެއްލުނު ކަމަށް ބަލައި އޭނާގެ އާއިލާއިން ވަނީ ފުލުހުންނަށް އެކަން އަންގާފައެވެ.