އަވައްޓެރި ސްރީލަންކާގެ މަސްވެރިކަން ކުރާ ބޯޓެއް ބަންޑުން ޖަހާލާފައި އޮއްވާ ށ. އަތޮޅުގެ ކަނޑުގެ ސަރަހައްދުން ފެނިއްޖެ އެވެ.
އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ ލަންކާގެ އެ މަސް ބޯޓު ބަންޑުން ޖަހާލާފައި އޮތްވާ ފެނިފައިވަނީ ށ. އަތޮޅާ 73 މޭލު ބޭރުން ކަމަށެވެ. އެއީ 30 ފޫޓުގެ މަސް ބޯޓެއް ކަމަށާއި އެ ބޯޓު ބަންޑުން ޖަހާލާފައި އޮއްވާ ފެނުނުއިރު، އެ ސަރަހައްދުން އެއްވެސް މީހަކު ފެނިފައި ނުވާކަމަށް އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ އެ ބޯޓު ފެނުނީ ރ. މަޑުއްވަރީ "މަންފާ" ބޯޓަށް ކަމަށާއި އެމްއެންޑީއެފްއަށް ރިޕޯޓް ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ 13:15 އެހާކަން ހާއިރު ކަމަށެވެ. އަދި ލަންކާގެ އެ ބޯޓް ކަފުޖަހައިގެން މަޑުއްވަރީއަށް އަށް ދަތުރު ކުރަމުންދާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ އެ ރިޕޯޓް ލިބުމާއި ގުޅިގެން އެމްއެންޑީއެފްގެ ނޯތް އޭރިއާގެ ސިފައިން ހަރަކާތްތެރި ވަމުންދާ ކަމަށެވެ.