މާޗް މަހު ރިލީޒް ކުރާ އަނުޝްކާ ޝަރުމާގެ ފިލްމު ޕަރީގެ ފުރަތަމަ ފެނިލުން އާންމު ކޮށްފިއެވެ.
ބުދަ ދުވަހު އާންމު ކޮށްފައިވާ ފެނިލުމުގައި ފެންނަނީ އަނުޝްކާ އިށީނދެގެން އިންއިރު ބިރުވެރި މީހެއް އޭނާގެ ކޮނޑުގައި އަތްއަޅައިގެން ކޮޅަށް ހުއްޓައެވެ.
ޕަރީ އަކީ ބޮލީވުޑްގެ ބިރުވެރި ފިލްމެކެވެ. މި ފިލްމުގެ ޝޫޓިން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގައެވެ. މިއީ އަނުޝްކާއާ އޭނާގެ ބޭބެ ކަރްނޭޝް ޝަރުމާގެ ޕްރޮޑަކްޝަން ހައުސް ކަމަށްވާ ކްލީން ސްލޭޓް ފިލްމުން އޭނާ ކުޅޭ ތިންވަނަ ފިލްމެވެ. މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ އަނުޝްކާއެވެ. އަދި މިއީ އަނުޝްކާގެ ތިންވަނަ ޕްރޮޑަކްޝަން ވެސް މެއެވެ.
މި ފިލްމުގައި އަނުޝްކާގެ އިތުރުން ފެނިގެން ދަނީ ޕަރަމްބްރަތާ ޗަޓެރްޖީ އާއި ރާޖަތު ކަޕޫރު އަދި ރިތަބާރީ ޗަކްރަބޯޓީ އެވެ. މި ފިލްމުގެ ޕްރޮޑިއުސަރަކީ ޕްރޯސިތު ރޯއިއެވެ. އަނުޝްކާ ދާދިފަހުން ކައިވެނި ކޮށްފައިވާއިރު މިއީ އޭނާ ކައިވެނީގެ ކުރިން ކުޅެފައިވާ ފިލްމެކެވެ. އަނުޝްކާ މިހާރު ދަނީ ޝާހުރުކް ޚާނާއި އެކު ޒީރޯގެ ޝޫޓުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ޕަރީ ސިނަމާތަކަށް އަންނާނީ މާޗް މަހުގެ 2 ގައެވެ.