ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހީމްދީދީ ރާއްޖޭގެ ރަށްރަށް ކުރައްވާ ދަތުރުތަކުގައި އެރަށަކުން އެކަމަނާއަށް މަރުހަބާ ކިޔުމާއި ސެލްފީ ނެގުމަށް ބަޔަކު ހަމަޖައްސަވާ ދެއްވާ ފަރާތަކަށް އިނާމެއްގެ ގޮތުގައި 500 ރުފިޔާ ދެއްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ފާތުމަތު އިބްރާހީމްދީދީ ރަށްރަށަށް ވަޑައިގަންނަވާއިރު، ސެލްފީ ނަގަން 10 މީހުން، ބައްދާލަން ފަސް މީހުން ތިބޭ ގޮތަށް ރާވައި، ކޮންމެ މީހަކަށް 500 ރުފިޔާ ދޭ ހިސާބަށް ދިޔުމުން އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ. އެންމެ އަރިހުގައިވެސް ތިބީ ދެކޮޅަށް ފައިލައިގެން ތިބޭ މީހުން ކަމަށް ވެސް މަހުލޫފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
Fathmath Ibrahim Didi rahrashah vadaigannavaairu selfie nagan 10 meehun, bahdhaalan 5 meehun thibeygothah raavaa, komme meehakah 500/- dheyhisaabah dhiyaima ithurah alhugandu dhakkaane vaahakaeh neiy. Emme arihugaves thibee dhekolhah failaigen thibimeehun #Ladhunboahalaaku
— Ahmed Mahloof (@AhmedMahloof) January 10, 2018
މަހުލޫފް އެގޮތަށް ވިދާޅުވެ ޓްވީޓް ކުރެއްވިއިރު، ފާތުމަތު އިބްރާހިމް ދީދީ އ. އަތޮޅުގެ ބައެއް ރަށްރަށަށް ފެއްޓެވި ދަތުރުފުޅާ ގުޅިގެންނެވެ.
ރައީސް ޔާމީން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ އެންމެ އިސް ދައުރެއް އަދާކުރައްވާ ފަރާތަކީ ރައީސް ޔާމީންގެ އަނބިކަނބަލުން އެވެ. އެކަމަނާ ގެންދަވަނީ ތަފާތު އެކިއެކި ހަރަކާތްތައް ހިންގަވާ ރަށްރަށަށް ވެސް ވަޑައިގަންނަވަމުން ނެވެ.