ޕީޕީއެމްގެ މަޖިލިސް މެމްބަރުން ބޭނުންވާ ގޮތަށް މާރުކޭޓުގެ ގޮޅިތައް ދޫކުރާ ކަމަށް ދޭހަވާފަދަ މޭރުމަކުން ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާން ހުސައިން މަނިކުކަމަށް ދޭހަވާފަދަ ބޭފުޅަކު ދެއްކެވިކަމަށް ބެލެވޭ ވާހަކަތަކަށް ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޒާ ދިޔާނާ ސަޢީދު ފާޑުވިދާޅުވެއްޖެއެވެ.
މެމްބަރުން ބޭނުންވާ ގޮތަށް ގޮޅިތައް ބަހާކަމަށް ބުނާ ޚަބަރެއްގެ ސްކްރީންޝޮޓަކާއިއެކު ދިޔާނާ ކުރައްވާފައިވާ ޓްވީޓެއްގައިވަނީ "މާރުކޭޓުން ދޫކުރާ ގޮޅިޔަކަސް، ސްވައިންފްލޫއަށް ގެންނަ ވެކްސިންއެއް ވިޔަސް، އިންޖީނުގެތަކަށް ގެންނަ ތެލަށް ވިޔަސް، ސްކޫލް ކުދިން ބޭނުންކުރަން މަޖުބޫރުކޮށްގެން ދައުލަތަށް ގަންނަ އައިޕެޑަށް ވިޔަސް، ބައި އެޅެންވާނެ" ކަމަށެވެ.
Maarukeytun dhookuraa golhiahiyas, Swine flu ah genna vaccineah viyas, Engine gethakah ganna thelahviyas, school kudhin beynunkuran majuboorukohgen dhaulathah ganna ipad ah viyas bai elhenvaane .... pic.twitter.com/q66QHfR8w2
— Dhiyana (@dhiyanasaid) January 10, 2018
ދިޔާނާ އިޝާރާތްކުރައްވާފައިވަނީ ސަރުުކާރުން ހިންގާ ކަމަށް ވާހަކަ ދެކެވޭ ކޮރަޕްޝަންގެ އަމަލުތަކަށް ކަމަށް ބެލެވެއެވެ. އެގޮތުން ދާދިފަހުން އިންފްލުއެންޒާ ވެކްސިން ގެނައުމުގަޔާއި، ފެނަކައިގެ އިންޖީނުގެތަކަށް ތެޔޮ ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކުރެވުނެވެ. އަދި ސްކޫލްތައް ޑިޖިޓަލައިޒްކުރުމުގެ ނަމުގައި ސަރުކާރުން ހިންގާ ކަންކަމުގެ ތެރޭގައި ވެސް ކޮރަޕްޝަން ހިންގާކަމަށް އަޑުތައް ފެތުރިފައިވެއެވެ.
މާރުކޭޓް ގޮޅިތައް ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ބޭނުންވި ފަރާތްތަކަށް ދޭނެކަމުގެ ޔަޤީންކަން ހައުސިން މިނިސްޓަރު ދެއްވާފައިވާކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާން ކަމަށް ބެލެވޭ މީހަކު ޕީޕީއެމްގެ އެވައިބަރ ގްރޫޕްގައި ލިޔެފައިވެއެވެ. މިވާހަކަތައް މީޑިއާގައި އާއްމުވެފައިވާއިރު، ނިހާން މިވާހަކަތައް ދޮގުކުރައްވައި، ވާހަކަ ދައްކަވާފައެއް ނުވެއެވެ.
މީގެ އިތުރުން، އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެންކަމަށް ބުނެ، ސިފައިން ކުރީގެ ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފެށުމާއި ގުޅިގެން ދިޔާނާ ވިދާޅުވީ އިންޓެލިޖެންސް ރިޕޯޓްތަކާއި، ދައުލަތުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ސަބަބުން ޤާނޫން ތަންފީޒުކުރާ އިދާރާތަކާއިމެދު ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ގެއްލިފައިވާކަމަށެވެ. އަދި ދައުލަތުގެ ކަރާމާތް ގެއްލިފައިވާ ކަމަށެވެ.
Abuse of Intelligence Reports & State powers in general have led to the erosion of public confidence in law enforcement authorities and undermined the sanctity of the State. pic.twitter.com/dibu34hg7z
— Dhiyana (@dhiyanasaid) January 9, 2018
ދިޔާނާ ސަޢީދާއި އެކަމަނާގެ ފިރިކަލުން އަދި ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު ގެންދަވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.