ކ. މާލެ
|
11 ޖެނުއަރީ 2018 | ބުރާސްފަތި 08:32
ސަލްމާން އާއި ކެޓްރީނާ
ސަލްމާން އާއި ކެޓްރީނާ
ގޫގުލް
ސަލްމާން ޚާން
ކޮންމެ ފިލްމެއްވެސް މީހުން މުނިފޫހިފިލުވައިދެވޭނަމަ ކާމިޔާބު ވާނެ: ސަލްމާން ޚާން
މިހާތަނަށް 500 ކުރޯޑް ރުޕީސް އިންޑިއަން ރުޕީސް ލިބިފައިވަނީ ބޮލީވުޑްގެ މަދު ފިލްމަކަށް
ޓައިގާ ޒިންދާހޭއަށް ދަނީ އަދިވެސް ކާމިޔާބު ލިބެމުން

ސަލްމާން ޚާން ގެ އެންމެ ފަހުން ނިކުމެފައިވާ ފިލްމު ޓައިގާ ޒިންދާހޭ ވެގެންދިޔައީ ބޮލީވުޑްގައި 500 ކުރޯޑް އިންޑިއަން ރުޕީސް ލިބުނު ފިލްމުތަކުގެ ތެރެއިން އެއް ފިލްމަށެވެ. މިހާތަނަށް 500 ކުރޯޑް ރުޕީސް އިންޑިއަން ރުޕީސް ލިބިފައި ވަނީ ބޮލީވުޑްގެ މަދު ފިލްމަކަށެވެ.

ޓައިގާ ޒިންދާހޭއަށް ދަނީ އަދިވެސް ކާމިޔާބު ލިބެމުންނެވެ.

ޑިސެމްބަރު މަހުގެ 22 ގައި ސިނަމާތަކަށް އައި ޓައިގާ ޒިންދާހޭއަށް ލިބޭ ކާމިޔާބާއި ގުޅިގެން އަނެއްކާ ވެސް ސަލްމާން ޚާން މިވަނީ އެކަމުގެ އުފަލުގައި ސްޓޭޓްމަންޓެއް ދީފައެވެ. ސަލްމާން ބުނެފައިވަނީ ކޮންމެ ފިލްމެއް ވެސް މީހުން މުނިފޫލިފިލުވައިދޭނަމަ އެ ފިލްމެއް އެންމެންގެ މަގުބޫލުކަން ލިބިގެންދާނެ ކަމަށެވެ. އަދި އެފިލްމަކީ ކާމިޔާބު ފިލްމަކަށް ހެދިދާނެ ކަމަށް ސަލްމާންގެ ސްޓޭޓުމަންޓުގައި ވަނީ ބުނެފައެވެ.

ސަލްމާން ބުނީ ޓައިގާ ޒިންދާހޭއަކީ ކޮންމެ އުމުރުފުރައަކާއި ވެސް ގުޅޭ ފިލްމެއް ކަމަށާއި އާއިލާއާއި އެކީގައިވެސް ބަލާލެވޭނެ ކަހަލަ ފިލްމެއް ކަމަށެވެ. އަދި އެއީ ޗުއްޓީއަށް އެންމެ ގުޅޭނެ އަދި ކަމުދާނެ ފިލްމެއް ކަމަށް ސަލްމާން ވަނީ ބުނެފައެވެ. ސަލްމާން ބުނީ އެ ފިލްމަކީ މުޅި ދުނިޔެއާއި ވެސް ގުޅޭ ފިލްމެއް ކަމަށެވެ. ޓައިގާ އާއި ޒޯޔާ ދެމީހުންގެ ދެމެދުގައި ހިނގާ ލޯބީގެ ކަންތައްތަކެއް ދައްކުވައިދޭ އެ ފިލްމަކީ ދުނިޔޭގެ އެންމެނަށް ރަނގަޅު މެސެޖެއް ލިބޭނެ ފިލްމެއް ކަމަށާއި އެއީ ފިލްމު ކާމިޔާބުވުމުގެ އެންމެ ބޮޑު އެއް ސަބަބު ކަމަށް ސަލްމާން ބުނެފައިވެއެވެ.

މީގެ އިތުރުން މި ފިލްމު ކާމިޔާބު ވުމުގެ އަނެއް ސަބަބަކީ ކެޓްރީނާ ކައިފްގެ މޮޅު އެކްޓިންކަމަށް ބުނެ ސަލްމާން ވަނީ ކެޓްރީނާއަށް ތައުރީފު ކޮށްފައެވެ. އަދި މީގެ އިތުރުން އެ ފިލްމުގެ ޓީމުގެ ހުރިހާ އެންމެންގެ ބުރަ މަސައްކަތް ފާހަގަކުރާކަމަށް ވެސް ސަލްމާން ވަނީ ބުނެފައެވެ.

ޓައިގާ ޒިންދާހޭ ވެފައިވަނީ މިދިޔަ އަހަރު ނިކުތް ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ފިލްމަށެވެ. މި ފިލްމުގައި ސަލްމާން ޚާންގެ އިތުރުން ލީޑު ރޯލުން ފެނިގެން ދަނީ ކެޓްރީނާ ކައިފްއެވެ. ސަލްމާން ހާން މި ފިލްމުގައި ފެންނަނީ އިންޑިއާގެ ޖާސޫސީ އިދާރާ ކަމަށްވާ ރޯގައި މަސައްކަތްކުރާ އެޖެންޓެއްގެ ގޮތުގައެވެ. އަދި ކެޓްރީނާ ފެނިގެން ދާނީ ޕާކިސްތާނުގެ ޖާސޫސީ އިދާރާގައި މަސައްކަތްކުރާ ސްޕައި އެޖެންޓެއްގެ ރޯލުންނެވެ. މި ފިލްމަކީ ޔާޝް ރާޖް ފިލްމް (ވައިއާރްއެފް) އިން އުފައްދާފައިވާ ފިލްމެކެވެ.

- ކޮމެންޓް