އެއްވެސް ހަބަރެއް ނުވެ ތިން ދުވަސްވެގެން އައްޑޫ ސިޓީގެ ޒުވާނަކު ހޯދުމުގެ މަސައްކަތް އާއިލާއިން ފަށައިފި އެވެ.
ހޯދަމުންދަނީ ސ. ހިތަދޫ، ފެލީނާ، އުމުރުން 25 އަހަރުގެ އަލީ ތޮއްޔިބެވެ. އޭނާ އަކީ ކްލަބް މެޑް ކަނި ރިސޯޓުގައި މަސައްކަތް ކުރަމުންދާ މީހެކެވެ. އޭނާ ހޯދުމަށް އާއިލާ އިން މަސައްކަތް ފެށީ އޭނާ މަސައްކަތް ކުރާ ރިސޯޓުން އޭނާއަށް ނުގުޅިގެން އާއިލާއަށް އެންގުމުންނެވެ. އާއިލާއިން ވަނީ ފުލުހުންނަށް ވެސް އެކަން ރިޕޯޓުކޮށްފަ އެވެ.
ރިސޯޓުން އާއިލާއަށް އަންގާފައިވާ ގޮތުގައި ތޮއްޔިބު މާލެ ގޮސްފައިވަނީ އެއްދުވަހަށެވެ. ނަމަވެސް އޭނާ އާންމުކޮށް މާލެ ގޮސް ހުންނަ އޭނާގެ ދައްތަގެއަށް ވެސް މި ފަހަރު ގޮސްފައިނުވެ އެވެ.
އާއިލާގެ އިތުރުން ސޯޝަލް މީޑިޔާގައި ވެސް އޭނާ ގެއްލިގެން ހޯދުމުންދާ ވާހަކަ ދަނީ ދައުރުވަމުންނެވެ.