ސްނޯކްލީނަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބުދަ ދުވަހު ހެނދުނު ސްނޯކްލީނަށް ގޮސް އުޅުނު އުމުރުން 62 އަހަރުގެ ފިރިހެން ފަތުރުވެރިއަކު މަރުވެގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެ ހާދިސާ ހިނގާފައިވަނީ މީދުއްޕަރު ރިސޯޓްގައެވެ. އަދި މަރުވެފައިވަނީ ޖަރުމަނުގެ ފަތުރުވެރިއެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
މިދިޔަ އާދިއްތަ ދުވަހު ވެސް ވަނީ މޫދަށް އެރިއުޅުނު ފަތުރުވެރިއަކު މަރުވެފައެވެ. އެދުވަހު މަރުވެފައިވަނީ އއ. ކުރަމަތި ރިސޯޓަށް މޫދަށް އެރިއުޅުނު އުމުރުން 29 އަހަރުގެ ޗައިނާ ފަތުރުވެރިއެކެވެ.