ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ނެރުނު ޓައިގާ ޒިންދާހޭއަށް 500 ކްރޯޑަށް ވުރެ ގިނަ ރުޕީސް ލިބިއްޖެއެވެ.
އެ ފިލްމަށް އެއްދުވަހުން އަނެއް ދުވަހަށް ލިބޭ އާމްދަނީ އަންނަނީ މިހާރު ވެސް އިތުރުވަމުންނެވެ.
ސަލްމާން ޚާނާއި ކެޓްރީނާ ކައިފް ލީޑު ރޯލުން ފެނިގެންދާ މި ފިލްމަކީ މިދިޔަ އަހަރު ނިކުތް ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު ފިލްމުގެ ގޮތުގައި ގަބޫލުކުރާ އެއް ފިލްމެވެ.
މި ފިލްމަށް ލިބޭ ކާމިޔާބީތަކާ ގުޅިގެން ސަލްމާން ބުނީ "ޓައިގާ ޒިންދާހޭ" އަކީ ވަރަށް ޗެލެންޖިން ފިލްމެއް ކަމަށެވެ. ފިންޏާއި ހޫނަށް ބެލުމެއް ނެތި "ޓައިގާ ޒިންދާހޭ"ގެ ޓީމުން ކުރި މަސައްކަތް ވަރަށް ފުރިހަމަ ކަމަށާއި އޯޑިއެންސް އެ ފިލްމު ބަލައިގަތުމުން ޝުކުރު އަދާކުރާ ކަމަށެވެ.
"ޓައިގާ ޒިންދާހޭ" އަކީ 2012 ގައި ސަލްމާނާއި ކެޓްރީނާ ކުޅުނު ފިލްމް "އޭކް ތަ ޓައިގާ" ގެ ދެވަނަ ބައެވެ. އެ ފިލްމް ޑައިރެކްޓްކޮށްފައި ވަނީ ކަބީރް ޚާނެވެ. އެ ފިލްމަށް ވަނީ 325 ކުރޯޑް އިންޑިއަން ރުޕީސް ލިބިފައެވެ. އެ ފިލްމަށް 75 ކުރޯޑް ރުޕީސް ހަރަދުކޮށްފައި ވެއެވެ.
ސަލްމާން ހާން މި ފިލްމުގައި ފެންނަނީ ކުރީގެ ފިލްމުގައި ވެސް ފެނިގެން ދިޔަ އިންޑިއާގެ ޖާސޫސީ އިދާރާ ކަމަށްވާ ރޯގައި މަސައްކަތްކުރާ އެޖެންޓެއްގެ ގޮތުގައެވެ. އަދި ކެޓްރީނާ ފެނިގެން ދާނީ ޕާކިސްތާނުގެ ޖާސޫސީ އިދާރާގައި މަސައްކަތްކުރާ ސްޕައި އެޖެންޓެއްގެ ރޯލުންނެވެ. މި ފިލްމަކީ ޔާޝް ރާޖް ފިލްމް (ވައިއާރްއެފް) އިން އުފައްދާފައިވާ ފިލްމެކެވެ.