ކ. މާލެ
|
10 ޖެނުއަރީ 2018 | ބުދަ 10:46
އިނގިރޭސި ޕްރިންސް ހެރީ އާއި ހޮލީވުޑްގެ ތަރި މޭގަން މާކެލް
އިނގިރޭސި ޕްރިންސް ހެރީ އާއި ހޮލީވުޑްގެ ތަރި މޭގަން މާކެލް
ގެޓީ އިމޭޖަސް
މޭގަން މާކެލް
މޭގަން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބަންދުކޮށްފި
އިންސްޓަގްރާމްގައި އެކަނި ވެސް 1.9 މިލިއަން މީހުން ފޮލޯކުރޭ
ފޭސްބުކް ޕޭޖުގައި 800،000 މީހުން ޓްވިޓާގައި 350،000 މީހުން
ކައިވެނި ބައްލަވައި ގަންނަވާނީ އަންނަ މެއި މަހުގެ 19 ވަނަ ދުވަހު

އިނގިރޭސި ޕްރިންސް ހެރީ އާއި ހޮލީވުޑްގެ ތަރި މޭގަން މާކެލް އަންނަ މެއި މަހުގެ 19 ވަނަ ދުވަހު ކައިވެނި ބައްލަވައި ގަންނަވާ އިރު މޭގަން އޭނާގެ ސޯޝަލް މިޑިއާ އެކައުންޓްތައް ބަންދުކޮށްފި އެވެ.

އެކަން ރޯޔަލް ޕެލަސް ކަމަށްވާ ކެންޒިންޓަން ޕެލަސް އިން ވެސް ވަނީ ޔަގީންކޮށްދީފައެވެ.

ކުރީގެ އެކްޓްރެސް އަދި ޔޫއެންގެ އެންބެސެޑާ މޭގަންގެ އިންސްޓަގްރާމް އެކަނި ވެސް 1.9 މިލިއަން މީހުން ފޮލޯކުރެއެވެ. އަދި މިދިޔަ ޑިސެމްބަރުމަހުގެ ނިޔަލަށް ފޭސްބުކް ޕޭޖުގައި 800،000 މީހުން ޓްވިޓާގައި 350،000 މީހުން ފޮލޯކޮށްފައި ވެއެވެ.

މޭގަން ވަނީ ލައިފްސްޓައިލް ވެބްސައިޓެއް ވެސް ތިން އަހަރު ވަންދެން ހިންގާފައެވެ. "ދި ޓިގް" ގެ ނަންދީފައިވާ އެ ވެބްސައިޓްގެ އެޑިޓަރ އިން ޗީފްގެ މަގާމު ވެސް އަދާކޮށްފައި ވަނީ މޭގަން ކަމަށްވާއިރު އެ ވެބްސައިޓް ބަންދުކޮށްފައި ވަނީ އޭޕްރީލް 2017 ގައެވެ.

ހެރީ އާއި މޭގަން ލޯބީގެ ގޮތުން ގުޅިފައި ވަނީ 2016 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

އުމުރުން 33 އަހަރުގެ ހެރީ އާއި 36 އަހަރުގެ މޭގަން އެންގޭޖްވެފައި ވަނީ މިވަނީ 16 މަސް އެކުގައި ހޭދަކުރެއްވުމަށް ފަހުގައެވެ.

މި ކައިވެންޏަކީ ހެރީގެ އަލަތު ކައިވެންޏެވެ. އެހެން ނަމަވެސް މިއީ މޭގަންގެ އަލަތު ކައިވެންޏަށް ނުވާއިރު އޭނާ 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފިލްމް ޕްރޮޑިއުސަރެއް ކަމަށްވާ ޓްރިވަރ އެންގްލްސަންއާ ކުރި ކައިވެނި، ދެ އަހަރަށް ފަހު ވަނީ ރޫޅިފައެވެ.

- ކޮމެންޓް