ކ. މާލެ
|
10 ޖެނުއަރީ 2018 | ބުދަ 03:38
ގްރޭސްވަނީ ޔުނިވާސިޓީގައި އެންރޯލްވިތާ މަދު މަސްތަކެއްގެ ތެރޭގައި ޕީއެޗްޑީ ހޯއްދަވާފައި
ގްރޭސްވަނީ ޔުނިވާސިޓީގައި އެންރޯލްވިތާ މަދު މަސްތަކެއްގެ ތެރޭގައި ޕީއެޗްޑީ ހޯއްދަވާފައި
އޭއެފްޕީ
ގްރޭސް މުގާބޭ
ގްރޭސް މުގާބޭ ޕީއެޗްޑީ ހޯއްދެވީ ރަނގަޅަށްތޯ ތަހުގީގުކުރަންފަށައިފި
އެކަމަނާގެ ތީސިސްއެއް ނެތްކަމަށް ރިޕޯޓްތައް ބުނޭ
މައްސަލަ ތަހުގީގު ކުރަނީ ލެކްޗަރަރއިން ހުށަހެޅި ޕެޓިޝަނަކާއި ގުޅިގެން

ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަރޓް މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ ޕީއެޗްޑީ ހޯއްދަވާފައިވަނީ އޮޅުވާލައިގެންތޯ އެގައުމުގެ އެންޓިކޮރަޕްޝަން އޭޖެންސީއިން ބަލަން ފަށައިފިއެވެ.

ޔުނިވާސިޓީ އޮފް ޒިމްބާބުވޭގެ ލެކްޗަރަރއިންވަނީ މި މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި މިދިޔަ ހަފްތާގައި ޕެޓިޝަނެއް ހުށަހަޅާފައެވެ.

ޑޮކްޓަރޭޓް ހާސިލްކުރެވެނީ އަހަރުތަކެއް ވަންދެން ރިސަރޗް ފުރިހަމަ ކުރުމުންނަމަވެސް 2014 ވަނަ އަހަރު އެކަމަނާ ޔުނިވާސިޓީގައި އެންރޯލްވިތާ މަދު މަސްތަކެއްގެ ތެރޭގައި އެކަމަނާއަށްވަނީ ޕީއެޗްޑީ އަރުވާފައެވެ.

ގްރޭސް މީގެ ކުރިންވަނީ އެކަމަނާގެ ތައުލީމީ ފެންވަރާމެދު ދެކެވޭ ވާހަކަތައް ދިފާއުކުރައްވާފައެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެކަމަނާ ވަނީ އެކަމަނާގެ ތައުލީމީ ފެެންވަރާމެދު ސުވާލު އުފެއްދެވި ނަމަވެސް ޕީއެޗްޑީ ހާސިލްކުރައްވާފައިވާކަމަށް ވިދާޅުވެފައެވެ.

ގްރޭސްއަށް ޕީއެޗްޑީ އަރުވާފައިވަނީ ޔުނިވާސިޓީ އޮފް ޒިިމްބާބްވޭއިންނެވެ.

އެކަމަނާގެ ޕީއެޗްޑީއާއިމެދު ސުވާލު އުފައްދައި މައްސަަލަ ހުށަހެޅުމުގެ ފަހަތުގައި ތިބީވެސް ހަމަ އެ ޔުނިވާސިޓީގެ ލެކްޗަރަރއިންނެވެ.

ޒިމްބާބުވޭގެ މީޑިއާތައް ބުނާގޮތުން އެކަމަނާގެ ޕީއެޗްޑީ ތީސިސްއެއް ހުށަހަޅުއްވާފައެއް ނުވެއެވެ. މިއީ އާއްމުކޮށް އަމަލުކުރެވޭ ގޮތާއި ޚިލާފު ގޮތެކެވެ.

 

 

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް