ކ. މާލެ
|
9 ޖެނުއަރީ 2018 | އަންގާރަ 22:28
ރައީސް ސިރިސޭނާ
ރައީސް ސިރިސޭނާ
ގޫގުލް
ސްރީލަންކާ
އިތުރު އެއް އަހަރު ވެރިކަމުގައި ހުންނެވުމުގެ ލަފަޔަކަށް ލަންކާގެ ރައީސް ސުޕްރީމް ކޯޓަށް
2015 ވަނަ އަހަރު ގާނޫނު އަސާސީ އަށް ބަދަލު ގެނެސް ރައީސް އަކަށް ވެރިކަމުގައި ހުންނެވޭނީ ހަ އަހަރުގެ ބަދަލުގައި ފަސް އަހަރު ކަމަށް ކަނޑައެޅުއްވުމުގައި އިސްކޮށް ހުންނެވީ ރައީސް ސިރިސޭނާ

ސްރީލަންކާގެ ރައީސް މައިތިރިޕަލަ ސިރިސޭނާ އަށް ވެރިކަމުގައި ހަ އަހަރު ހުންނެވިދާނެތޯ ބެލުމަށް އެގައުމުގެ ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެމަނިކުފާނު އެދިވަޑައިގެންފިއެވެ.

ސިރިސޭނާ ވެރިކަމުގެ ދައުރަށް 1 އަހަރު އިތުރު ކުރުމަށް އެގައުމުގެ ސުޕްރީމް ކޯޓަށް ހުށަހެޅުއްވިއިރު، 2015 ވަނަ އަހަރު ގާނޫނު އަސާސީ އަށް ބަދަލު ގެނެސް ރައީސް އަކަށް ވެރިކަމުގައި ހުންނެވޭނީ ހަ އަހަރުގެ ބަދަލުގައި ފަސް އަހަރު ކަމަށް ކަނޑައެޅުއްވުމުގައި އިސްކޮށް ހުންނެވީ ރައީސް ސިރިސޭނާ އެވެ.

ގާނޫނު އަސާސީ އަށް 2015 ވަނަ އަހަރު ގެނައި އިސްލާހާ އެކު ސިރިސެނާގެ ވެރިކަމުގެ ދައުރު ހަމަވާނީ 2020 ވަނަ އަހަރު އެވެ. ނަމަވެސް އިތުރު އެއް އަހަރު ވެރިކަމުގައި ހުންނެވުމަށް ސުޕްރީމް ކޯޓުން ހުއްދަ ދެއްވައިފި ނަމަ ސިރިސެނާއަށް ވެރިކަމުގައި 2021 ވަނަ އަހަރު ވަންދެން ހުންނެވޭނެއެވެ.

ސިރިސޭނާ ހުށަހެޅުއްވި ލަފަޔާ މެދު ބަހުސްކުރުން މިއަންނަ ބުރާސްފަތި ދުވަހު އޮންނާނެ ކަމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ވަނީ ހޯމަ ދުވަހު ވިދާޅުވެފައެވެ.

ސްރީލަންކާގެ ރައީސް އެމަނިކުފާނު ވެރިކަމުގެ ދައުރުގެ މުއްދަތު އިތުރު ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާއިރު ސިރިސޭނާ ސަރުކާރުގެ ކޯލިޝަން ޕާޓްނަރު "ދަ ޔުނައިޓެޑް ނެޝެނަލް ޕާޓީ (ޔޫއެންޕީ)" އާ މެދު ވަނީ ނުތަނަވަސްކަން އުފެދިފައެވެ. ޔޫއެންޕީ ލީޑު ކުރައްވަނީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމްސިންހަ އެވެ.

- ކޮމެންޓް