ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ތާރީހުގައި އެންމެ ގިނަ އެއާޓްރެފިކް މޫވްމެންޓްސް ރެކޯޑް ކުރެވުނީ އާދިއްތަ ދުވަހުގައި ކަމަށް އެމްއޭސީއެލްއިން ހާމަކޮށްފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ އާދިއްތަ ދުވަހު އެކަނި 644 އެއާޓްރެފިކް މޫވްމެންޓްސް ރެކޯޑް ކުރެވިފައިވާ ކަމަށެވެ. މިއީ އެއާޕޯޓްގެ ތާރީހުގައި ރެކޯޑް އަދަދެއް ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.
އެމްއޭސީއެލްއިން ބުނާ ގޮތުގައި އާދިއްތަ ދުވަހު 644 އެއާޓްރެފިކް މޫވްމެންޓްސް ރެކޯޑް ކުރެވުނުއިރު، މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު 567 އެއާޓްރެފިކް މޫވްމެންޓްސް ރިކޯޑް ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެއީ މިދޔަ އަހަރާއި އަޅާބަލާއިރު 77 އެއާޓްރެފިކް މޫވްމެންޓްސް އިތުރު އަދަދެކެވެ.
@VelanaAirport records the highest number of Air Traffic Movements (ATMs) in a single day with 644 ATMs on 7th January 2018
— MACL (@MACLmedia) January 9, 2018
This is an increase of 77 ATMs compared to the previous record of 567 ATM’s on 2nd January 2017. pic.twitter.com/30J2vkO2Kn
އެމްއޭސީއެލްއިން ހާމަކުރާގޮތުގައި މިދިޔަ އާދިއްތަ ދުވަހު ބައިނަލްއަޤުވާމީ މަތިންދާ ބޯޓުތަކުގެ 108 އެއާޓްރެފިކް މޫވްމެންޓްސް ރެކޯޑް ކުރެވިފައިވާއިރު، ޑޮމެސްޓިކްގެ 94 ފްލައިޓް މޫވްމަންޓުގެ އިތުރުން ސީޕްލޭންގެ 442 މޫވްމެންޓް ރެކޯޑް ކޮށްފައިވެ އެވެ.