ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އދ. މާމިގިލީގައި ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަލްސާ މާމިގިލީގައި ބާއްވަން ނިންމާފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެރޭގައެވެ. މި ޖަލްސާގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ޕާޓީތަކުގެ ލީޑަރޝިޕްގެ ބޭފުޅުން ވާހަކަ ދެއްކެމަށް ވަނީ ހަމަޖެހިފައެވެ. ބުރާސްފަތި ދުވަހުގެރޭ ބާއްވާ މި ޖަލްސާ ރާއްޖެޓީވީން ވަގުތުން ގެނެސްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ޖަލްސާއަކީ އިދިކޮޅު ޕާޓީތަކުން ރިޔާސީ އިންތިހާބްގައި ވާދަކުރަން އެއްކެނޑިޑޭޓެއް ނުރުމުގެ މަޝްވަރާތަށް ޕާޓީތަކުގެ މެދުގައި ފެށިފަހުން ބާއްވާ ފުރަތަ ޖަލްސާއެވެ. މި ޖަލްސާއަށް ފަހު ގުޅިފައިވާ ޕާޓީތަކުގެ ހަރަކާތައް އިތުރަށް ވަރުގަދަ ވާނެ ކަމަށް އެޕާޓީތަކުން ދަނީ ބުނަމުނެވެ.
އެހެންކަމުން މި ޖަލްސާގައި އިސްލާހީ މަސައްކަތަށް ތާއިދުކުރައްވާ މާމިގިލީގެ ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ގުޅިފައިވާ ޕާޓީތަކުން ވަނީ ގޮވާލާފައެވެ.