ކ. މާލެ
|
9 ޖެނުއަރީ 2018 | އަންގާރަ 16:31
އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަށް ދިޔަ ބައެއްގެ މަންޒަރެއް
އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަށް ދިޔަ ބައެއްގެ މަންޒަރެއް
ރާއްޖެ އެމްވީ
ހައްޖު ކޯޓާ
އިންޑިއާ އަށް 5000 ހައްޖު ކޯޓާ އިތުރު ކޮށްދީފި
މިހާރު އިންޑިއާ އިން ލައްކަ އަކަށް ވުރެ ގިނަ މީހުން ހައްޖަށް ގެންދެވޭނެ

ސައުދީ އަރަބިއްޔާ އިން އިންޑިއާ އަށް 5000 ހައްޖު ކޯޓާ އިތުރު ކޮށްދީފިއެވެ.

މިއީ ފާއިތުވި ދެ އަހަރުގެ ތެރޭގައި ހައްޖު ކޯޓާ އިންޑިއާ އަށް އިތުރު ކޮށްދިން ދެވަނަ ފަހަރު ކަމަށް އިންޑިއާގެ ނޫސްތަކުން ހާމަކޮށްފައި ވެއެވެ.

އިންޑިއާ އަށް އިތުރު 5000 ކޯޓާ ލިބުމުން އިންޑިއާ އިން ކުރިއަށް އޮތް ހައްޖުގެ އަޅުކަމަށް ގެންދެވޭނެ މީހުންގެ އަދަދަކީ 175،025 (އެއް ލައްކަ ހަތްދިހަ ފަސް ހާސް ފަންސަވީސް) އެވެ.

އިންޑިއާގެ ޔުނިއަން މިނިސްޓަރ މުޚްތާރް އައްބާސް ނަގްވީ ވިދާޅުވީ، މިއީ އިންޑިއާ އަށް މިނިވަންކަން ލިބުނު ފަހު ރެކޯޑް އަދަދަކަށް ހައްޖު ކޯޓާ އިތުރު ވުން ކަމުގައެވެ.

ހުސްވި އަހަރު ސައުދީ އަރަބިއްޔާ އިން ވަނީ އިންޑިއާ އަށް 75،000 (ހަތްދިހަ ފަސްހާސް) ކޯޓާ އިތުރު ކޮށްދީފައެވެ.

ހައްޖު ކޯޓާ އިތުރުކޮށްދިނުން އިންޑިއާ ސަރުކާރުން ފާހަގަ ކުރަނީ ބޮޑު ވަޒީރު މޯދީގެ މަގްބޫލް ކަން ބައިނަލް އަގްވާމީ ދުނިޔޭގައި އިތުރު ވުމާއި އިންޑިއާ އާއި ސައުދީ ގުޅުން ބަދަހި ވަމުންދާ ކަމުގެ ހެއްކެއްގެ ގޮތުގައެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް