މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އިން ޖަރުމަނުގެ އެމްބެސެޑަރ ޖޯން ރޯޑްއާއި ބައްދަލުކޮށްފިއެވެ.
ޖަރުމަނުގެ އެމްބެސެޑަރާއި އެމްޑީޕީން ބައްދަލުކޮށްފައި މިވަނީ އަންގާރަ ދުވަހުގައި އެމްޑީޕީ އޮފީހުގައެވެ.
އެމްޑީޕީން ބުނީ މި ބައްދަލުކުރުމުގައި ރާއްޖޭގެ މިހާރުގެ ހާލަތާއި ބެހޭގޮތުން ޖޯން ރޯޑާއި މައުލޫމާތު ހިއްސާކޮށްފައި ވާނެ ކަމަށެވެ.
މި ބައްދަލުކުރުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރުގެ އިތުރުން އެމްޑީޕީގެ މެމްބަރު އަބްދުލް ޣަފޫރު މުހައްމަދެވެ.
އެމްޑީޕީން ޖަރުމަންގެ އެމްބެސެޑަރާއި ބައްދަލުކޮށްފައިވާއިރު ގުޅިފައިވާ ޕާޓީތަކުގެ މެދުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާމެދު ދަނީ މަޝްވަރާ ކުރަމުންނެވެ.