ކ. މާލެ
|
9 ޖެނުއަރީ 2018 | އަންގާރަ 08:38
ސޯނަމް ކަޕޫރު
ސޯނަމް ކަޕޫރު
ގޫގުލް
ސޯނަމް ކަޕޫރު
ފިލްމު ކުޅެނީ އެވޯޑް ހޯދާކަށް ނޫން: ސޯނަމް ކަޕޫރު
 
ސޯނަމްގެ ތިން ފިލްމެއް މިއަހަރު ރިލީޒް ވާނެ
 
ސޯނަމް އެންމެ އަވަހަށް ފެނިގެންދާނީ މިމަހުގެ 25 ވަނަ ދުވަހު ރިލީޒްކުރާ ޕެޑްމޭންއިން

ފިލްމުތައް ކުޅެނީ އެވޯޑް ހޯދާކަށް ނޫން ކަމަށާއި އޭނާ ބޭނުން ވަނީ މޮޅު ފިލްމުތައް ކުޅެ ރަނގަޅު ހުނަރެއް ދެއްކުމަށް ކަމަށް ބޮލީވުޑްގެ ތަރި ސޯނަމް ކަޕޫރު ބުނެފިއެވެ.

ސޯނަމް އަށް ވަނީ 64 ވަނަ ނެޝަނަލް ފިލްމު އެވޯޑުން އެންމެ މޮޅު އެކްޓްރެސް ކަމުގެ އެވޯޑް ލިބިފައެވެ. އެ އެވޯޑް އޭނާއަށް ލިބުނީ 2016 ވަނަ އަހަރު އޭނާ ކުޅުނު ފިލްމު ނީރާޖްއިންނެވެ.

ސޯނަމް ކައިރިން އެހި ސުވާލަކީ އޭނާގެ ކުރިއަށް އޮތް ފިލްމު ޕެޑްމޭން އިން ނެޝަނަލް އެވޯޑެއް ލިބިދާނެކަމަށް ގަބޫލުކުރަންތޯއެވެ. އޭގެ ޖަވާބަކަށް ސޯނަމް ބުނީ އޭނާ ފިލްމު ކުޅެނީ އެވޯޑުތައް ހޯދާކަށް ނޫން ކަމަށާއި އޭނާ ފިލްމު ކުޅެނީ މޮޅަށް އެކްޓުކުރުމަށްކަމަށެވެ.

ސޯނަމް އެންމެ އަވަހަށް ފެނިގެންދާނީ މިމަހުގެ 25 ވަނަ ދުވަހު ރިލީޒްކުރާ ޕެޑްމޭންއިންނެވެ. މި ފިލްމުގައި ސޯނަމްއާއެކު ފެނިގެންދާނީ އަކްޝޭކުމާރެވެ.

ޕެޑްމޭން ޕްރޮމޯޓުކުރުމަށް ޒީ ޓީވީން ދައްކާ މަރާތީ ޝޯ ކަމަށްވާ ސާރޭގާމާޕާގައި ސޯނަމްއާއެކު އަކްޝޭ ވެސް ވަނީ ބައިވެރިވެފައެވެ.

އެޝޯގައި ވާހަކަ ދައްކަމުން ސޯނަމް ބުނެފައިވަނީ ވަރަށް އަވަހަށް ވިނޯދު ޗޮޕްރާގެ ފިލްމުގެ ޝޫޓިން ފަށާނެ ކަމަށެވެ.

ސޯނަމްގެ ތިން ފިލްމެއް މިއަހަރު ރިލީޒްވާނެ އެވެ. އެއީ ޕެޑްމޭން، ވީރޭ ދިވެޑިން އަދި ދަތު ބަޔޯޕިކްއެވެ. ސޯނަމް ބުނީ މިއަހަރަކީ ވަރަށް ބުރަ އަހަރެއް ކަމަށާއި ފިލްމު ކުޅުމަށްވުރެ އިތުރަށް އެހެން ޕްލޭނެއް ނެތް ކަމަށެވެ.

ސޯނަމްގެ ޕްޑްމޭން ޑައިރެކްޓް ކޮށްފައިވަނީ އާރު ބަލްކީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް