ކ. މާލެ
|
9 ޖެނުއަރީ 2018 | އަންގާރަ 08:41
 ގަލް ގެޑޯ
ގަލް ގެޑޯ
ގޫގުލް
ވޮންޑަ ވުމަން2
ވޮންޑަ ވުމަން 2 މާ ތަފާތު ވާނެ: ޑައިރެކްޓަރ
ވޮންޑަ ވުމަން2 ސިނަމާތަކަށް އަންނާނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި
ކުރީގެ ފިލްމަށްވުރެ މިފަހަރުގެ ފިލްމު އެތައް ގުނައަކަށް ތަފާތު ވާނެ

މިދިޔަ އަހަރުގެ ތެރޭގައި ރިލީޒްކުރި ވޮންޑާ ވުމަންގެ ސީކުއެލް ވޮންޑަ ވުމަން 2 ތަފާތުވާނެ ކަމަށް އެފިލްމުގެ ޑައިރެކްޓަރ ޕެޓީ ޖެންކިންސް ބުނެފިއެވެ.

ޕެޓީ ޖެންކިން ބުނީ ކުރީގެ ފިލްމަށްވުރެ މިފަހަރުގެ ފިލްމު އެތައް ގުނައަކަށް ތަފާތު ވާނެކަމަށާއި އެހެން ނަމަވެސް ކުރީ ފިލްމުގެ އެއްގޮތް ކަންތައްތަކެއް ފެނިގެންދާނެކަމަށެވެ. އެއީ އާ "އެޑްވެންޗާ" ފިލްމެއް ކަމަށް ޕެޓީ ޖެންކިން ވޮންޑަ ވުމަން 2 އަކާއި ބެހޭ ގޮތުން ދީފައިވާ އިންޓަވިއުއެއްގައި ވަނީ ބުނެފައެވެ. ވޮންޑަ ވުމަންގެ ލީޑު ރޯލުން ފެނިގެންދާނީ ފުރަތަމަ ފިލްމުންވެސް ފެނިގެންދިޔަ ގަލް ގެޑޯއެވެ.

ވޮންޑަވުމަން ގެ ފުރަތަމަ ފިލްމުގައި ސްޓީވްގެ ފްލައިޓެއް ޑަޔާނާގެ ޕްލެނެޓަށް ވެއްޓުމުން ދެން ހިނގާ ކަންތައް ފެނިގެންދެއެވެ. ދުނިޔޭގައި ކުރިއަށް ދާ ހަނގުރާމަ، އެއް ވަނަ ބޮޑު ހަނގުރާމަ ހިންގަނީ "އޭރީސް- ގޯޑް އޮފް ވޯރ" ކަމަށް ބުނެ، ޑަޔާނާ ދުނިޔެ ސަލާމަތް ކުރުމަށް ލަންޑަނަށް ދެއެވެ. ވޮންޑަ ވުމަން2 ސިނަމާތަކަށް އަންނާނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

މިދިޔަ ޖޫން މަހުގެ 2 ގައި ރިލީޒް ކުރި ވޮންޑަ ވުމަން އަށް ވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައެވެ. އެފިލްމަށް 821.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އެފިލްމަށް އެހެން ނަމަވެސް އެ ފިލްމަށް ވަނީ ހޮލީވުޑްގައި ފާޑުކިޔުންތައް އަމާޒުވެފައެވެ. އޭގެ ތެރޭގައި "އެވެޓާ" އާއި "ޓައިޓޭނިކް" ފަދަ މޮޅެތި ފިލްމްތައް ހެދި ޖޭމްސް ކެމެރަން ހިމެނެ އެވެ.

- ކޮމެންޓް