ވައްކަމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދުމަށް، އާންމުންގެ އެހީއަށް ފުލުހުން އެދިއްޖެއެވެ.
ފުލުހުންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ސީސީޓީވީ ފުޓޭޖަކާއި އެކު ބުނެފައިވަނީ އެ ވީޑިއޯއިން ފެންނަ މީހާ އަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެއް ކަމަށެވެ.
އެހެންކަމުން ފުލުހުން އެދިފައިވަނީ ވީޑިއޯއިން ފެންނަ މީހާ އާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެކަން ލަސްނުކޮށް ފުލުހުންނަށް އެންގުމަށެވެ.
މި މީހާ އާއި ގުޅޭ އިތުރު ތަފްޞީލެއް ފުލުހުން ހާމަކޮށްފައި ނުވާއިރު، ވީޑިއޯއިން ފެންނަ ގޮތުން ލަފާކުރެވޭ ގޮތުގައި އެއީ ބިދޭސީ އެކެވެ. ސޯޓަކާއި ޓީޝަރޓެއް ލައިގެން ހުއްޓާ ވީޑިއޯއިން ފެންނަ މި މީހާ ފޯނުން މީހަކަށް ގުޅައިގެން ހުންނަ މަންޒަރު ފުލުހުން އާންމޮކޮށްފައިވާ ވީޑިއޯއިން ފެނެއެވެ.
ވައްކަމާއި އަދި އެހެނިހެން ބައެއް ބޮޑެތި ކުށްތަކާއި ގުޅިގެން މީގެ ކުރިންވެސް އާންމުންގެ އެހީތެރިކަމަށް ފުލުހުން ވަނީ އެދިފައެވެ.