2013ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15ވަނަ ދުވަހުގެ ރޭ އޭރުގެ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒާއި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކާއި ދެމެދު ފޭސްބުކް މެސެންޖަރ މެދުވެރިކޮށް ދެކެވުނު ވާހަކަތަކުގެ ޗެޓްލޮގް ސްކްރީންޝޮޓްތައް އެބަހުރިކަމަށް ނިހާން ވިދާޅުވުމުން، އެ ޗެޓްލޮގްތައް ހާމަކުރައްވަން އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެރޭ ނިހާންއާއި މިހާރު ކިނބިދޫ ދާއިރާގެ މަޖިލިސް މެމްބަރުކަން ކުރައްވާ ރިޔާޒާއި ދެމެދު ވަނީ ހޫނު ބަހުގެ ޙަމަލާތަކެއް ޓްވިޓަރގައި ބަދަލުކޮށްފައެވެ. އަދި މިވާހަކަތަކުގެ ތެރޭގައި ނިހާން ވިދާޅުވީ "15/11/2013 ދުވަހުގެ ރޭ 9:23ގައި އެފްބީ މެސެންޖަރއިން އަބްދުﷲ ރިޔާޒް ދައްކާފައި ހުރި ވާހަކަ ހަނދާން ނެތިއްޔާ ސްކްރީންޝޮޓް ހުންނާނެ!"ކަމަށެވެ. އަދި އެފޮނުވަންވީތޯ ނިހާން ސުވާލުކުރެއްވިއެވެ. އަދި އޭގެ ފަހުންވެސް އެ ސްކްރީންޝޮޓްތައް މަތިން ހަނދާން ހުރިތޯ ނިހާން ސުވާލުކުރެއްވިއެވެ.
15/11/2013 Dhuvahuga 9:23 PM ga FB Messenger in Abdullah Riyaz Dhakkaafa Huri Vaahaka Handhaan Nethiyyaa Screen Shot hunnaane! Fonuvan vee tha? https://t.co/q0ueMP2XYd
— Ahmed Nihan (@ahmed_nihan) January 8, 2018
ނިހާން އިޝާރާތް ކުރައްވާފައިވާ ތާރީޚަކީ 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ 2ވަނަ ބުރުގައި ވޯޓުލި ދުވަހުގެ ކުރީ ރެއެވެ.
ރައްދުގައި ރިޔާޒް ވިދާޅުވީ އެފަދަ ޗެޓްލޮގެއް އޮތް ނަމަ، އަވަހަށް ހާމަކުރެއްވުމަށެވެ. އަދި ފުލުހުންގެ އަތުގައިވެސް ޗެޓް ލޮގްތައް ހުންނާނެކަމަށް ރިޔާޒް ވިދާޅުވިއެވެ. ފުލުހުންގެ އަތުގައި ޗެޓްލޮގްތައް ހުންނާނެކަމަށް ރިޔާޒް ވިދާޅުވިއިރު، ކޯޓު އަމުރެއްގެ ދަށުން ރިޔާޒްގެ ފޯނު ހިފަހަައްޓައި، އޭގައި ހުރި މައުލޫމާތު ފުލުހުން ވަނީ އެއްކޮށްފައެވެ. އަދި އޭރު ރިޔާޒުގެ ފޯނުން ފެނުނު ޗެޓްލޮގްތަކުން، އޭނާ ފުލުހުންގެ މައްޗަށް ނުފޫޒު ފޯރުވަން އުޅުނުކަމަށް ތުހުމަތުކޮށް މިހާރު އެމައްސަލަ ވަނީ ކޯޓަށް ފޮނުވާފައެވެ. އަދި ރިޔާޒާއި ނިހާންއާއި ދެމެދު ޓްވިޓަރގައި ބަހުގެ ހަމަލާތައް ބަދަލުކުރެވުނީ އެމައްސަލައިގައި ކޯޓަށް ހާޒިރުވާން ރިޔާޒަށް ކޯޓު އަމުރު އައުމުން، އެފަދަ ކަންކަމުން ރައީސް ޔާމީނަށް ތާޢީދުނުކުރައްވާނެކަމަށް ރިޔާޒް ވިދާޅުވި ހިސާބުންނެވެ.
Allah ge rahumaiy kithammehaaves bodu thiyafadha maqaamehga huregen Ahmed Nihan kurahvan jehunu kankan nukoh alhugandu salaamaiyvi kamahtakaa. Thiya vidhaalhuvaa FB chat log avahah haama kollahvaa! Fuluhun athugaves alhuganduge hurihaa chat logthah hunnaane noonthoa?
— Abdulla Riyaz MP (@riyazabdulla) January 8, 2018
ޗެޓް ލޮގްތައް ހާމަކުރައްވަން ރިޔާޒް ވިދާޅުވިނަމަވެސް، މެންދަންވީއިރުވެސް ނިހާން އެ ޗެޓްލޮގްތައް އާއްމުކުރައްވާފައެއް ނުވެއެވެ.