ގައުމީ އިނާމާއި ބެހޭ ކޮމެޓީގެ ތިން އަހަރުގެ ދައުރު ހަމަވުމާއި ގުޅިގެން އަލުން އެ ކޮމެޓީ އެކުލަވާފައިފިއެވެ.
ރައީސް އޮފީހުން ބުނީ އަލަށް އެކުލަވައިލެއްވި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޖުމްލަ ނުވަ ބޭފުޅުން ކަމަށެވެ.
އެއީ، 5 ފިރިހެން ބޭފުޅުންނާއި، 4 އަންހެން ބޭފުޅުންނެވެ.
ކޮމިޓީގެ ޗެއަރޕަރސަންއަކަށް ހަމަޖެއްސެވީ، މާފަންނު ލޮނުވެލި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، މައްޗަންގޮޅީ ފިއަވަނި އަޙްމަދު ޢަލިމަނިކާއި، ހެންވޭރު މާދޫގޭ ޙުސައިން ޢާމިރާއި، ފާދިއްޕޮޅު ކުރެންދޫ ނޫރަންގޭ ޒުލްފާ އިބްރާހީމާއި، މާލެ ވިލިނގިލީ ފަހިދޫ ޝުހުދާ ފުއާދާއި، މާފަންނު ކާނިމާގޭ މުޙައްމަދު އިކްރާމާއި، މާފަންނު ނޫވިލުއަޙްމަދު ސުވައިބާއި، މާލެ ވިލިނގިލީ ކަންދު ް ޙަސަންމަނިކާއި، މާފަންނު މާހިއާ ރަޙީމާ އާދަމެވެ.
ގައުމީ އިނާމަކީ ގައުމާއި މުޖުތަމައުގެ ލާބަޔާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމުއިއްޔާ ޖަމާއަތްތަކުންނާއި، ވިޔަފާރީގެ އިދާރާތަކުން ކުރާ މަސައްކަތްތަކާއި، ހޯދާ ކާމިޔާބީތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެވޭ އިނާމެކެވެ. ގައުމީ އިނާމުގައި ހިމެނެނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރުދިނުމުގެ ގައުމީ އިނާމެވެ.
މި އަހަރު ގައުމީ އިނާމު ދިނުމަށް ހަމަޖައްސަވާފައިވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމިއްޔާތުގައެވެ.