ކ. މާލެ
|
8 ޖެނުއަރީ 2018 | ހޯމަ 17:57
ފިނިގަދަވެ، ނުވަރައެލިޔާގެ ގެއެއްގައި ޕާކްކޮށްފައި އޮތް ކާރެއްގައި ފިނި ހިފާފައި
ފިނިގަދަވެ، ނުވަރައެލިޔާގެ ގެއެއްގައި ޕާކްކޮށްފައި އޮތް ކާރެއްގައި ފިނި ހިފާފައި
ޑެއިލީ މިރޯ
ލަންކާގެ މޫސުން
ނުވަރައެލިޔާގެ ފިނިހޫނުމިން ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ
އާއްމުކޮށް އަހަރުގެ ފަހުކޮޅާއި ކުރީކޮޅު ފަރުބަދަތީ ސަރަހައްދުތަކުގެ ފިނިހޫނުމިން ދަށަށްދޭ

ލަންކާގެ ފަރުބަދަމަތީ ސަރަޙައްދެއް ކަމަށްވާ ނުވަރައެލިޔާގެ ފިނިހޫނުމިން 4.7 ޑިގްރީސެލްޝިއަސްއަށް ވެއްޓިއްޖެއެވެ.

ލަންކާގެ މެޓް ޑިޕާޓްމަންޓުން ބުނާ ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު އެސަރަހައްދުގެ ފިނިހޫނުމިން ވަރަށް ބޮޑަށް ދަށަށް ގޮސް، 4.7 ސެލްޝިއަސްއަށް ތިރިވިއިރު، ފަރުބަދަމަތީ އެހެން ސަރަަހައްދުތަކުގެ ފިނިހޫނުމިންވެސް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވެއެވެ.

ލަންކާގެ ހުރިހާ ހިސާބެއްގައިވެސް ފިނިހޫނުމިން ދަށަށް ގޮސްފައިވާއިރު، ފަރުބަދަމަތީ ސަރަހައްދުތަކަށް ފިނިފައިބާފައިވާއިރު، ބިންމަތީގައިވެސް ގްރައުންޑް ފްރޮސްޓް އުފެދިފައިވާކަމަށް މެޓް އޮފީހުން ބުނެއެވެ.

ފަރުބަދަމަތީ ސަރަހައްދުތަކުގައި ދުންފިނި އުފެދިފައި

ސްކޫލް ޗުއްޓީ އަދިވެސް ނިމިފައިނުވާތީ ގިނަ އަދަދެއްގެ ދިވެހިން އަދިވެސް ލަންކާގައި ޗުއްޓީ ހޭދަކުރަމުންދާއިރު، ބައެއް ދިވެހިންވެސް ފަރުބަދަމަތީ ސަރަހައްދުތަކުގައި ޗުއްޓީ ހޭދަކުރަމުންދެއެވެ.

ލަންކާގެ ސެންޓްރަލް ޕްރޮވިންސްގެ އިތުރުން ސަަރަގަމުވަ އަދި ވެރިރަށް ކޮޅުނބު ހިމެނޭ ވެސްޓަރން ޕްރޮވިންސްގެ ފިނިހޫނުމިން ވެސް މިދުވަސްވަރު ދަށަށް ދާނެކަމަށްވެއެވެ. 

ލަންކާގެ ގިނަ ހިސާބުތަކުގެ ފިނި ހޫނުމިން ދަށަށް ދިޔަ ނަމަވެސް، ރަތުނަޕޫރާގައި 32.7 ޑިގްރީ ސެލްޝިއަސްއަށް ހޫނުމިން މައްޗަށް އަރާފައިވެއެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް