ކ. މާލެ
|
8 ޖެނުއަރީ 2018 | ހޯމަ 15:11
ޝްރުވައްލާބް ވިޔާސް
ޝްރުވައްލާބް ވިޔާސް
ގެޓީ އިމޭޖަސް
ޝްރުވައްލާބް ވިޔާސް
ލަގާންގެ އެކްޓަރ ޝްރުވައްލާބް ވިޔާސް މަރުވެއްޖެ
 
ވިޔާސް މަރުވިއިރު ދެ އަންހެން ކުދިންނާއި އަތްބަކު ދުނިޔޭގައި އެބަތިބި

ލަގާންގެ އެކްޓަރ ޝްރުވައްލާބް ވިޔާސް މަރުވެއްޖެއެވެ.

އޭނާ މަރުވެފައި ވަނީ އިންޑިއާގެ ޖެއިޕޫރުގައި އާދީއްތަ ދުވަހުގައެވެ. ޝްރުވައްލާބް  ކުޅެފައިވާ ފިލްމު ތަކުގެ ތެރޭގައި ސަފަރޯޝް(1999)، ލަގާން(2001)، އަބްހޭ(2001)، އާން: މެން އެޓް ވޯކް(2004) ހިމެނެއެވެ.

ފިލްމު އަދި ސީރީޒްތަކުން ފެންނަ އެކްޓަރެއް ކަމަށްވާ ދާޔާ ޝަންކަރު އިންޑިއާގެ ނޫހަކަށް ބުނެފައިވަނީ ވިޔާސް އަކީ މޮޅު އެކްޓަރެއް ކަމަށާއި އޭނާ މަރުވުމުން ހިތާމަ ކުރާކަމަށެވެ.

އަދި އޭނާ މަރުވެފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު 9:30 ހާއިރު ކަމަށާއި އޭނާ މަރުވިއިރު އާއިލާގެ ފަރާތްތައް ކައިރީގައި ތިބިކަމަށް ވަނީ ބުނެފައެވެ. ޝްރުވައްލާބް ވިޔާސް މަރުވިއިރު ދެ އަންހެން ކުދިންނާއި އަންބަކު ދުނިޔޭގައި އެބަތިއްބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް