ކ. މާލެ
|
8 ޖެނުއަރީ 2018 | ހޯމަ 09:51
ބީޖޭޕީގެ ދިނޭޝް ޝަރުމާ
ބީޖޭޕީގެ ދިނޭޝް ޝަރުމާ
ގެޓީ އިމޭޖަސް
ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)
ބީޖޭޕީގެ ކެންޑިޑޭޓަށް މަރުހަބާ ކީ ފައިވާން ފައްޗަކުން
މަދްޔާ ޕްރަދޭޝްގެ ބައި އިލެކްޝަން އޮންނާނީ މިމަހުގެ 18 ގައި
 ފައިވާނުގެ ހާރަކުން މަރުހަބާ ކިޔާފައިވަނީ އާދީއްތަ ދުވަހުގައި

އިންޑިއާގައި ވެރިކަންކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ ކެންޑިޑޭޓަކު އެގައުމުގެ މަދްޔާ ޕްރަދޭޝްއަށް ދިއުމުން ފައިވާން ފައްޗަކުން މަރުހަބާ ކިޔައިފިއެވެ.

މަދްޔާ ޕްރަދޭޝްގެ ބައި އިލެކްޝަންގައި ވާދަކުރާ ބީޖޭޕީގެ ދިނޭޝް ޝަރުމާ ދޮރުން ދޮރަށް ކުރާ ކެމްޕޭނަށް މަދްޔާ ޕްރަދޭޝްއަށް ވަޑައިގަތުމުން އޭނާއަށް ފައިވާން ފައްޗަކުން މަރުހަބާ ކިޔާފައިވަނީ އާދީއްތަ ދުވަހުގައެވެ.

މިކަމާ ގުޅިގެން ޝަރުމާ ބުނެފައިވަނީ އޭނާއަށް އެގޮތަށް މަރުހަބާކިޔާފައި ވަނީ އެސްޓޭޓުގެ މީހުން ހިތްހަމަ ނުޖެހޭ ކަންތައްތަކެއް ހުރުމުން ކަމަށާއި އެކަންތައްތަކާއި އެމީހުންނާއި ބައްދަލުކޮށް ވާހަކަ ދައްކާނެކަމަށެވެ. އަދި އޭނާއަކީ އެ ސްޓޭޓް މީހުންގެ މީހެއްކަމަށް ޝަރުމާ ވަނީ ބުނެފައެވެ.

ޝަރުމާ ބުނީ އޭނާ ކަރުގައި ފައިވާނުގެ ހާރު އެޅުވީ އެސްޓޭޓުގައި ފެނުގެ މައްސަލަތައް ހުރުމުން އެކަން އޭނާގެ ސަމާލުކަމަށް ގެނައުމަށްކަމަށެވެ.

އިންޑިއާގެ މަދްޔާ ޕްރަދޭޝްއާއި އިތުރު 18 ސްޓޭޓެއްގެ އެތެރޭގެ ބައި އިލެކްޝަން އޮންނާނީ މިމަހުގެ 17 ގައެވެ. އެ އިންތިޚާބުތައް އޮންނާނެކަން އިއުލާން ކޮށްފައިވަނީ މިދިޔަ މަހުގައެވެ.
 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް