ރަސްމީ ދަތުރުފުޅެއްގައި ފަރަންސޭސި ރައީސް އެމަނުއެލް މެކްރޮން ޗައިނާ އަށް ވަޑައިގެންފިއެވެ.
ހޯމަ ދުވަހު ފަރަންސޭސި ރައީސް ފެއްޓެވި މި ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެއް ކަމަށް ޗައިނާގެ މީޑިއާ އިން ހާމަ ކޮށްފައިވެއެވެ.
މެކްރޮންގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.
ފަރަންސޭސި ރައީސްގެ ދެކަނބަލުން ޗައިނާ އަށް ކުރައްވާ މި ދަތުރުފުޅު ފެއްޓެވީ ޗައިނާގެ ޝާންޒީ ޕްރޮވިންސްގެ ޝިއާން އިން ނެވެ.