ކ. މާލެ
|
8 ޖެނުއަރީ 2018 | ހޯމަ 07:49
"ޕެޑްމޭން"ގެ ޕޯސްޓަރ
"ޕެޑްމޭން"ގެ ޕޯސްޓަރ
ޓްވިޓަރ
ޕެޑްމޭން
"ޕެޑްމޭން" މިމަހުގެ 25 އަށް އަވަސްކޮށްފި
 
"ޕެޑްމޭން"ގައި އަރޫނާޗަލަމް މުރުގަނަންތަމްގެ ރޯލު ކުޅެފައި ވަނީ އަކްޝޭ ކުމާރު
 
މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ އާރު ބަލްކީ

ހެޔޮ އަގުގައި އަންހެން ވެރިންނަށް ޕެޑް ފޯރުކޮށްދިނުމުގެ މަގްސަދުގައި ޕެޑް ހަދާ މެޝިނެއް އުފެއްދި އަރޫނާޗަލަމް މުރުގަނަންތަމްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމު "ޕެޑްމޭން" ނެރުން މިމަހުގެ 25 އަށް އަވަސްކޮށްފިއެވެ.

ކުރިން މި ފިލްމު ނެރެން ހަމަޖެހިފައި އޮތީ މިމަހުގެ 26 ވަނަ ދުވަހުގައެވެ.

"ޕެޑްމޭން"ގައި އަރޫނާޗަލަމް މުރުގަނަންތަމްގެ ރޯލު ކުޅެފައި ވަނީ އަކްޝޭ ކުމާރެވެ.

މިހާތަނަށް މި ފިލްމުގެ ދެތިން ޕޯސްޓަރ ވަނީ އާންމު ކޮށްފައެވެ. މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދަނީ އަކްޝޭގެ އިތުރުން ސޯނަމް ކަޕޫރު އަދި ރާދިކާ އަޕްޓޭއެވެ. އަދި މީގެ އިތުރުން އަމީތާބް ބައްޗަން ފިލްމުގެ ޚާއްސަ ރޯލަކުން ފެނިގެންދާނެއެވެ. މި ފިލްމަކީ ގޯރީ ޝިންޑޭއާ އެކު އަކްޝޭގެ އަންހެނުން ޓްވިންކަލް ކަންނާ ޕްރޮޑަކްޝަން އިން އުފައްދާ ފިލްމެކެވެ. މި ފިލްމު ޑައިރެކްޓް ކޮށްފައި ވަނީ އާރު ބަލްކީއެވެ.

ފިލްމުގެ ޝޫޓިން ފަށާފައި ވަނީ މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ. ޝޫޓް ކޮށްފައި ވަނީ އިންޑިއާގެ ދިއްލީގައެވެ. އަކްޝޭ މީގެ ކުރިން ކުޅެފައިވާ ފިލްމަކީ "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ" އެވެ. އެފިލްމަށް ވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައެވެ. "ޕެޑްމޭން" އަކީ ވެސް ގިނަ ބަޔަކު އިންތިޒާރުކުރާ ފިލްމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް