ގދ. ހޯނޑެއްދޫ އިންޖީނުގޭގެ ތިޖޫރި ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހޯނޑެއްދޫ އިންޖީނުގޭގެ ތިޖޫރި ވަގަށް ނެގި މައްސަލަ ހުށަހެޅުނީ ހޮނިހިރު ދުވަހުގެ މެންދުރު 12:00 ހާއިރު ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދަނިކޮށް ތިޖޫރި ފެނިފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު އެރަށު ވަލުތެރެއިންނެވެ. ތިޖޫރި ހަލާކުކޮށްލައިގެން އޭގައި ހުރި ހުރިހާ ފައިސާއެއް ވަނީ ނަގައިފަ އެވެ.
ހޯނޑެއްދޫ އިންޖީނުގޭގެ އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި ތިޖޫރި ވަގަށް ނެގިއިރު، 43،000 އެއްހާ ރުފިޔާ އޭގައި ހުއްޓެވެ.
ފުލުހުންގެ ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. އެހެން ނަމަވެސް، އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.