ކ. މާލެ
|
7 ޖެނުއަރީ 2018 | އާދީއްތަ 12:38
ސޯނަމް ކަޕޫރާއި ލޯބިވެރިޔާ އަނަންދް އަހޫޖާ
ސޯނަމް ކަޕޫރާއި ލޯބިވެރިޔާ އަނަންދް އަހޫޖާ
ޓްވިޓަރ
ސޯނަމް ކަޕޫރު
ވިރުޝްކާގެ ކައިވެންޏަށް ފަހު ބޮލީވުޑްގައި ދެން އޮތީ ސޯނަމް ކަޕޫރުގެ ކައިވެނިތަ؟
 
ސޯނަމްއާއި އަނަންދު އެކުގައި އުޅޭތާ ގިނަ ދުވަސްތަކެއް ވަނީ ވެފައި
 
ސޯނަމް ވަނީ އަނަންދުއާ ކައިވެނި ކުރަން އުޅޭކަން ދޭހަވާގޮތަކަށް ވާހަކަ ދައްކާފައި
 
އިންޑިއާ ނޫސްތަކުން ބުނާ ގޮތުގައި ދެ މީހުން އޭޕްރިލް މަހު ކައިވެނި ކުރާނެ

ބޮލީވުޑްގެ ތަރި ސޯނަމް ކަޕޫރާއި ލޯބިވެރިޔާ އަނަންދް އަހޫޖާއާ ކައިވެނި ކުރަން އުޅޭ ވާހަކަ ދެކެވެން ފަށައިފިއެވެ،

މި ދެމީހުން ކައިވެނި ކުރަން އުޅޭ ވާހަކަ ފަށާފައި މިވަނީ ބޮލީވުޑްގެ މަޝްހޫރު ތަރި އަނުޝްކާ ޝަރްމާއާއި ކްރިކެޓް ކުޅުންތެރިޔާ ވިރާތު ކޯލީގެ ކުއްލި ކައިވެންޏަށް ފަހެވެ.

އާ އަހަރު ޕެރިސް، ފްރާންސްގައި ފާހަގަކުރި ސޯނަމްއާއި އަނަންދު އަންނަ އޭޕްރިލް މަހު ކައިވެނި ކުރަން ރާވަމުންދާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރެއެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ސޯނަމް ވަނީ އޭނާގެ ލޯބިވެރިޔާ އަނަންދުއާ ކައިވެނި ކުރަން ގަސްތުކުރާކަމަށާއި ކައިވެނި ހަފްލާ ބާއްވާނީ އިންޑިއާގެ ރާޖަސްތާނުގެ ޖޯދްޕޫރުގައި ހުންނަ އުމައިރު ބަވާން ޕެލެސްގައި ކަމަށް ބުނެފައެވެ. 

ކައިވެނި ކުރާނެ ދުވަހެއް ސޯނަމް ހާމަކޮށްފައި ނުވާއިރު، ރިޕޯޓްތަކުން ބުނާ ގޮތުގައި އޭނާ ވަނީ މާޗް/އޭޕްރިލް ހިސާބުގައި އުމައިރު ބަވާން ޕެލެސް 6 ވަރަކަށް ދުވަހަށް ހިފާފައެވެ.

މުމްބާއި މިރަރއިން ރިޕޯޓްކުރާ ގޮތުގައި ސޯނަމްއާއި އަނަންދު ކައިވެނި ކުރަން އުޅޭ ވާހަކަ ދޮގުކޮށް، ތައްޔާރީތައް ވަމުންދަނީ ސޯނަމްގެ ތިމާގެ މީހެއްކަމަށްވާ މޯހިތު މަރްވާހްގެ ކައިވެންޏަށްކަމަށް ބުނަމުންނެވެ. ނަމަވެސް 

ސޯނަމްއާއި އަނަންދު އެކުގައި އުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވީ ނަމަވެސް، އެ މީހުންނަކީ އަމިއްލަ ދިރިއުޅުމާ ގުޅޭ ގޮތުން މާ ގިނަ ވާހަކަ މިޑިއާގައި ހިއްސާ ކުރާ ބައެއް ނޫނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
0%
0%
0%
0%
0%
0%
ކޮމެންޓް
7 ޖެނުއަރީ 2018 | އާދީއްތަ 14:11
ހަސަން
ސުރުޚީގައި އެއޮތީ ކޮން ވިރުޝްކާއެއްގެ ވާހަކައެއް؟ އެއްޗެއް ލިޔެވެނިކޮށް ވަރިހަމަދޯ؟