ކ. މާލެ
|
7 ޖެނުއަރީ 2018 | އާދީއްތަ 11:18
ރީސް ވިދަރސްޕޫން
ރީސް ވިދަރސްޕޫން
ރޮއިޓަރސް
ގޯލްޑަން ގްލޯބްސް އެވޯޑްސް
ގޯލްޑަން ގްލޯބްސް އެވޯޑްސް 2018ގައި ޖިންސީ ފުރައްސާރައާ ދެކޮޅަށް ސުލްހަވެރި މުޒާހަރާއެއް!
މިއީ ހޮލީވުޑްގައި ޖިންސީ ފުރައްސާރައިގެ ގިނަ މައްސަލަތަކެއް ފެންމަތިވި ފަހުން ބޭއްވޭ ފުރަތަމަ މިފަދަ ހަފްލާ
މި އަހަރުގެ ހަފްލާ ހުށަހަޅައިދެނީ ސެތު މެޔަރސް؛ އޯޕަނިންގ މޮނޮލޮގްގައި ންސީ ފުރައްސާރައާ ދެކޮޅަށް ވާހަކަ ދައްކާނެ

ހޯމަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ގޯލްޑަން ގްލޯބްސް އެވޯޑްސް 2018ގެ އަމާޒު އޮތީ ޖިންސީ ފުރައްސާރައާ ދެކޮޅަށެވެ.

މިއީ ހޮލީވުޑްގައި ޖިންސީ ފުރައްސާރައިގެ ގިނަ މައްސަލަތަކެއް ފެންމަތިވި ފަހުން ބާއްވާ މިފަދަ ފުރަތަމަ ހަފްލާއެވެ.

މި އަހަރުގެ ހަފްލާ ހުށަހަޅައިދޭން ހަމަޖެހިފައިވަނީ މަޝްހޫރު ލޭޓް ނައިޓް ހޯސްޓެއް ކަމަށްވާ ސެތު މެޔަރސްއެވެ. އޭނާ ހަފްލާ ފެށުމަށް ދައްކާ ވާހަކައިގެވެސް މިކަމަށް އަލިއަޅުވަން ވަނީ ހަމަޖެހިފައެވެ. 

މިކަން ކަށަވަރުކޮށްދީ މެޔަރސް ބުނީ އޭނާގެ ހަޔާތުގައި ހިމެނޭ އަންހެނުންނާއި މިކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކިކަމަށާއި، އެންމެންވެސް ދެކޭ ގޮތުގައި މި ފުރުސަތުގައި ހޮލީވުޑް ސިއްސުވާލި ޖިންސީ ފުރައްސާރައިގެ މައްސަލަތަކުގެ ވާހަކަ ދެއްކުން މުހިއްމެވެ.

މި ހަފްލާގައި ގިނަ ފިލްމީ ތަރިންނާއި އަދި ޓީވީ ތަރިން ބައިވެރިވާން ހަމަޖެހިފައިވާއިރު، ހަފްލާގައި ބާއްވާ ސުލްހަވެރި މުޒާހަރާގައި ބައިވެރިވުމުގެ ގޮތުން ކަޅު ހެދުންލުމަށް ވަނީ ގޮވާލާފައެވެ. ނަމަވެސް ކަޅު ހެދުންލުމަށް ބައެއް އެކްޓްރެސުން ތާއީދު ނުކުރާކަމަށް ރިޕޯޓްތަކުގައިވެއެވެ.

މި ސުލްހަވެރި މުޒާހަރާ އަކީ "ލީގަލީ ބްލޮންޑް" އަދި ""ކްރޫއަލް އިންޓެންޝަންސް" ފަދަ ފިލްމްތަކުން މަޝްހޫރުވި ރީސް ވިދަރސްޕޫން އާއި އެހެނިހެން ތަރިންތަކެއް އިސްނަގައިގެން ފަށާފައިވާ "ޓައިމްސް އަޕް" ކެމްޕޭނުން ރާވާފައިވާ ކަމެކެވެ. އެގޮތުން "ޓައިމްސް އަޕް" ލިޔެފައިވާ ޕިންތަކެއް ރެޑް ކާޕެޓްގައި ބެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. ދެ ހަފްތާ ތެރޭގައި 500 ޕިން ތައްޔާރުކޮށްފައިވާކަން ހޮލީވުޑް ރިޕޯޓަރ އިން ރިޕޯޓްކޮށްފައިވެއެވެ.

ގޯލްޑަން ގްލޯބްސް އެވޯޑްސް 2018ގެ އެންމެ ގިނަ ނޮމިނޭޝަން ލިބިފައިވަނީ ގިއޭމޯ ޑެލް ޓޯރޯގެ "ދަ ޝޭޕް އޮފް ވޯޓަރ" އަށެވެ. އޭގެ ތެރޭގައި "ބެސްޓް ޑްރާމާ ފިލްމް" ހިމެނެއެވެ. ބެސްޓް ޑްރާމާ ފިލްމަށް ނޮމިނޭޓް ވެފައިވާ އިތުރު ފިލްމްތަކަކީ "ކޯލް މީ ބައި ޔުއާ ނޭމް"، "ޑަންކަރކް"، "ދަ ޕޯސްޓް" އަދި "ތްރީ ބިލްބޯޑް އައުޓްސައިޑް އެބިންގ، މިޒޫރީ" އެވެ.

"ދަ ބެސްޓް ކޮމެޑީ އޯ މިއުޒިކަލް"އަށް ހޮވިފައިވަނީ "ދަ ޑިޒާސްޓަރ އާޓިސްޓް"، "ގެޓް އައުޓް"، "ދަ ގްރޭޓެސްޓް ޝޯމަން"، "ލޭޑީ ބާޑް" އަދި "އައި، ޓޮންޔާ" އެވެ.

 

 

 

- ކޮމެންޓް