ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޖަޕާނުގެ ޚާރިޖީ ވަޒީރު ޓާރޯ ކޯނޯ ފުރާވަޑައިގެންފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މިނިސްޓަރ ކޯނޯއަށް އަލްވަދާޢު ދެންނެވީ ޚާރިޖީ ވުޒާރާގެ ބައިލޭޓަރަލް ސެކްރެޓަރީ އަހުމަދު ޚަލީލެވެ.
Foreign Minister of #Japan https://t.co/bCffHsfOaR Taro Kono departs #Maldives after concluding an official visit. He was seen off at the airport by Secretary, Bilateral https://t.co/bCffHsfOaR Ahmed Khaleel
— MFA-Maldives (@MDVForeign) January 6, 2018
#MvJp50 pic.twitter.com/q60Zc3Dnqs
ޖަޕާނުގެ ޚާރިޖީ ވަޒީރު ކޯނޯ ރާއްޖެއަށް ކުރެއްވި އެއް ދުވަހުގެ ދަތުރުފުޅުގައި ރާއްޖެ ވަޑައިގަތީ ހޮނިހިރު ދުވަހުގެ ހެނދުނެވެ. އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޚާރިޖީ ވަޒީރު ޑރ މުހައްމަދު އާސިމްއެވެ. އަދި ޖަޕާނުގެ ޚާރިޖީ ވަޒީރު ކޯނޯ ވަނީ ރައީސް އަބްދުﷲ ޔާމީނާއި ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. ހަމައެއާއެކު ރާއްޖޭގެ ޚާރިޖީ ވަޒީރު އާސިމްއާއި ޖަޕާނުގެ ޚާރިޖީ ވަޒީރު ކޯނޯ ވަނީ ދެޤައުމުގެ މެދުގައި ރަސްމީ ވާހަކަތައް ބާއްވާފައެވެ. އަދި ދެޤައުމުގެ މެދުގައި ކޮންމެ އަހަރަކު ސިޔާސަތާއި ގުޅޭ މަޝްވަރާތައް ބޭއްވުމަށް ބައްދަލުވުމެއް ބޭއްވުމާއި ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މިނިސްޓަރ ކޯނޯގެ ޝަރަފުގައި މިނިސްޓަރ އާސިމްވަނީ މެންދުރުގެ ފަރިއްކޮޅެއްވެސް ބާއްވަވާފައެވެ.
މިއީ ޖަޕާނާއި ރާއްޖެއާއި ދެމެދު ގުޅުން ޤާއިމްކުރިފަހުން ޖަޕާނުގެ ޚާރިޖީ ވަޒީރަކު ރާއްޖެއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.