އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ފާސްޓްފުޑް އަށް ވަރަށް ޝައުގުވެރިވެ ވަޑައިގަންނަވާ ބޭފުޅެކެވެ. ޚާއްސަ ގޮތެއްގައި މެކް ޑޮނަލްޑްސް ގެ އުފެއްދުން ތައް ކަމަށްވާ "ބިގް މެކް"، "ފިލޭ އޯ ފިޝް" "ޗޮލްލެޓް މޯލްޓެޑް" އަކީ ޓްރަމްޕް އެންމެ ގަޔާވެ ވަޑައިގަންނަވާ ކާނާގެ ބާވަތްތަކުގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައެވެ.
Great afternoon in Ohio & a great evening in Pennsylvania - departing now. See you tomorrow Virginia! pic.twitter.com/jQTQYBFpdb
— Donald J. Trump (@realDonaldTrump) August 2, 2016
އެކަމަކު މިހާތަނަށް އެނގިފައި ނެތް ކަމަކީ އެމެރިކާގެ ރައީސް މެކް ޑޮނަލްޑްގެ ކާނާ އަށް އެހާ ޝައުގުވެރިވެ ވަޑައިގަންނަވަނީ ކީއްވެގެން ކަމެވެ.
ގިނަ ބަޔަކު އެ ސަބަބު އެނގުމަށް ޝައުގުވެރިކަން އުފެދިފައިވަނި ކޮށް އޭގެ ސިއްރު ހާމަ ކުރީ ރައީސް ޓްރަމްޕްގެ ވެރިކަމުގެ ފަތިފުށް ހާމަކޮށް ނެރުނު "ފަޔަރ އެންޑް ފިއުރީ – އިންސައިޑް ދަ ޓްރަމްޕް ވައިޓް ހައުސް" މި ފޮތުގައެވެ.
އެ ފޮތުގައި ބުނެފައިވާ ގޮތުގައި މެކް ޑޮނަލްޑުން ތައްޔާރު ކޮށްފައި ހުންނަ ކާނާ އެމެރިކާގެ ރައީސް ފަރީއްކުޅުވާ ސަބަބަކީ އެމަނިކުފާނުގެ ކާނާ އަށް ވިހަލާފައި ހުރެދާނެ ކަމުގައި ޝައްކުގައި ހުންނަވާތީއެވެ.
އެ ފޮތުގައި ކިޔައިދީފައިވާ ގޮތުން، މެކް ޑޮނަލްޑަށް ޓްރަމްޕް ވަޑައިގަންނަވާނެ ކަމެއް ނުވަތަ އޯޑަރު ދެއްވާނެ ވަގުތެއް، ނަންގަވާނެ ކާނާގެ ބާވަތެއް އެއްވެސް މީހަކަށް ކުރިން އެނގިފައި ނޯންނާއަތީ އެމަނިކުފާނުގެ ފަރީއްކޮޅަށް ގޮތް ގޮތް ހެދުމުގެ ފުރުސަތު އެއްވެސް މީހަކަށް ލިބިފައެއް ނޯންނާނެ ކަމަށް ވާތީ، ރައީސް ޓްރަމްޕް ދެކެވަޑައިގަންނަވަނީ މެކް ޑޮނަލްޑް ގެ ފާސްޓްފުޑް އެއީ ފަރީއްކުޅުވަން އެންމެ ރައްކާތެރި އެއްޗެތި ކަމުގައެވެ.
"ފަރީކޮޅަށް ވިހަލާފާނެ ކަމަށް ޓްރަމްޕް ޝައްކު ކުރައްވާތާ ވަރަށް ދިގު މައްދަތެއް ވެއްޖެ. އެއީ މެކް ޑޮނަލްޑުން އެމަނިކުފާނު ފަރީއްކުޅުއްވަން ބޭނުންފުޅުވާ އެއް ސަބަބު" މައިކަލް ވުލްފް ލިޔެފައިވާ "ފަޔަރ އެންޑް ފިއުރީ – އިންސައިޑް ދަ ޓްރަމްޕް ވައިޓް ހައުސް" ފޮތުގައި ވެއެވެ.
ފޮތުގައި ރައީސް ޓްރަމްޕްގެ ދިރިއުޅުއްވުމާއި ވެރިކަން ހިންގެވުމުގައި ކުރައްވާފައިވާ އާދަޔާ ޚިލާފް އެތައް ކަމަކަށް އަލި އަޅުވާލާފައި ވެއެވެ.
ވުލްފް ލިޔެފައިވާ ގޮތުގައި ވައިޓް ހައުސްގެ އެއްވެސް މުވަޒަފަކު ޓްރަމްޕް ދިރިއުޅުއްވާ ކޮޓަރިކޮޅުގެ އެއްވެސް އެއްޗެއްގައި އަތްލާކަށް އެމަނިކުފާނު ބޭނުންފުޅެއް ނުވެއެވެ. ޚާއްސަކޮށް އެމަނިކުފާނުގެ ދަތް އުނގުޅާ ބުރުހުގައި އަތްލުމަކީ މުޅިން މަނާ ކުރައްވާފައި އޮންނަ ކަމެކެވެ.
އެއްފަހަރަކު އެމަނިކުފާނުގެ ކޮޓަރި ކޮޅުގެ ތަޅުންގަނޑަށް ވެއްޓިފައި އޮތް ގަމީސްކޮޅެއް ނެގުމަށް ހައުސްކީޕިން މުވައްޒަފަކު އުޅުމުން ޓްރަމްޕް އެކަން ހުއްޓުވި ކަމަށް ފޮތުގައި ވެއެވެ.
"އަހަރެންގެ ގަމީސް ތަޅުންގަނޑުގައި އޮވެއްޖެ ނަމަ އޭގެ މާނައަކީ އަހަރެން ބޭނުންވަނީ ގަމީސް ތަޅުންގަނޑުގައި އޮތުމަށް" ޓްރަމްޕް ވިދާޅުވި ކަމަށް ފޮތުގައި ލިޔެފައިވެއެވެ.
ވުލްފް ލިޔެފައިވާ ގޮތުގައި، ރައީސް ޓްރަމްޕް ވެރިކަމަށް ގެނައުމަށް މުހިންމު ދައުރެއް އަދާކުރެއްވި އަދި ވެރިކަމުގެ ފުރަތަމަ ކޮޅު ޗީފް ސްޓްރެޓެޖިސްޓްގެ މަގާމުގައި ހުންނަވަނިކޮށް ޓްރަމްޕް މަގާމުން ވަކި ކުރެއްވި ސްޓީވް ބެނަން އާ އެކު ރޭގަނޑު ފަރީއްނުކުޅުއްވާ ނަމަ ހަވީރު 6 ޖަހާއިރު ޗީޒް ބާގަރ އެއް ހިއްޕަވައިގެން އެނދުކޮޅަށް ޓްރަމްޕް އަރާ ވަޑައިގަންނަވާނެއެވެ. އަދި އެއް ފަހަރާ 3 ޓީވީ ސްކްރީނުން ޓީވީ ބައްލަވަމުން، މީޑިއާގައި އެމަނިކުފާނާ ދެކޮޅަށް ހުންނަ ޚަބަރުތަކާ ލިޔުންތަކާ މެދު ހިތްޕުޅު ހަމަޖެހިވަޑައި ނުގަނެ ގާތް ރަހްމަތްތެރިންނާ ފޯނުން ގުޅުއްވާ ޝަކުވާ ކުރައްވާ ކަމަށްވެސް ފޮތުގައި ވެއެވެ.