ކ. މާލެ
|
6 ޖެނުއަރީ 2018 | ހޮނިހިރު 15:24
ޒިމްބާބުވޭގެ ރައީސްއާއި ނައިބް ރައީސް އިދިކޮޅު ލީޑަރާ ބައްދަލުކުރައްވާފައިވަނީ އިދިކޮޅު ލިޑަރުގެ ގެކޮޅުގައި
ޒިމްބާބުވޭގެ ރައީސްއާއި ނައިބް ރައީސް އިދިކޮޅު ލީޑަރާ ބައްދަލުކުރައްވާފައިވަނީ އިދިކޮޅު ލިޑަރުގެ ގެކޮޅުގައި
އަލްޖަޒީރާ
މުގާބޭ ވެރިކަމުން ދުރުކުރުން
ކޯލިޝަން ސަރުކާރެއް މުހިއްމެއް ނޫން: ޒިމްބާބުވޭގެ ރައީސް
ސަރުކާގެ އެއްވެސް މަގާމެއް މިހާރުގެ އިދިކޮޅު ފަރާތްތަކަށް ދީފައެއް ނުވޭ
ޒިމްބާބުވޭގެ ރިޔާސީ އިންތިޚާބް ސެޕްޓެމްބަރު މަހު ބާއްވާނެ ކަމަށް ބެލެވޭ

ޒިމްބާބުވޭގައި މިވަގުތު ކޯލިޝަން ސަރުކާރެއް އުފެއްދުމުގެ ބޭނުމެއް ނެތް ކަމަށް އެގައުމުގެ ރައީސް އެމަސަން ނަންގަގްވާ ވިދާޅުވެއްޖެއެވެ.

ނަންގަގްވާ މިހެން ވިދާޅުވީ،ގޮހޮރުގެ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވާ އެ ގައުމުގެ އިދިކޮޅު ލީޑަރު މޯގަން ސްވަންގިރާއީއާ ހަރާރޭގައި ހުންނަ އެ މަނިކުފާނުގެ ގެކޮޅުގައ ހުކުރު ދުވަހު ބޭއްވެވި ބައްދަލުވުމަށްފަހުއެވެ.

އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނަންގަގްވާ ވިދާޅުވީ "ސްވަންގިރާއީގެ ހާލު ވަރަށް ބޮޑަށް ރަނގަޅު ވަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އިތުރު މެޑިކަލް ޗެކަޕެއް ހެދުމަށް ދެކުނެ އެފްރިކާއަށް ވަޑައިގަންނަވާނެ" ކަމަށެވެ.

އިދިކޮޅު ލީޑަރާ ގުޅިގެން އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލެއްވުމާ ބެހޭގޮތުން ނޫސްވެރިޔަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ" މިއީ ޑެމޮކްރެޓިކް ގައުމެއް ރައްޔިތުން ބޭނުންވާ ކޮންމެ ކަމަކަށް ވެސް އެދެވިދާނެ. މިވަގުތު ބޭނުން ކަމެއްނޫން" ކަމަށެވެ.

ދެ ބޭފުޅުންގެ ބައްދަލުވުމުގެ ފޮޓޯ އާއްމުވެފައިވާއިރު ސްވަންގިރާއީ ފެންނަނީ ވަރަށް ހިކިފައިވަނިކޮށެވެ.

ރައީސް ނަންގަގްވާއާއިއެކު ނައިބް ރައީސް އަދި ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަރޓް މުގާބޭ ވެރިކަމުން ދުރުކުރި އަސްކަރިއްޔާގެ ކުރީގެ ވެރިޔާ ކޮންސްޓަންޓީނޯ ޗިވެންގާވެސް ސްވަންގިރާއީގެ ގެއަށް ޒިޔާރަތް ކުރައްވާފައިވެއެވެ.

ރައީސް ނަންގަގްވާގެ ކެބިނެޓްގައި އިދިކޮޅު އެއްވެސް މެމްބަރަކަށް ޖާގަދެއްވާފައެއް ނުވެއެވެ.

ޒިމްބާބުވޭގެ ރިޔާސީ އިންތިޚާބް ސެޕްޓެމްބަރު މަހު ބާއްވާނެ ކަމަށް ބެލެވެއެވެ.

ރައީސް ނަންގަގްވާ ކުރިން ވިދާޅުވެފައި ވަނީ މާޗް މަސް ނުވަތަ އެއަށް ވުރެ ކުރިން އިންތިޚާބް ބާއްވަން ޖެހޭ ކަމަށެވެ.

 

 

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް