ސަރުކާރުގެ ނުފޫޒު ގަދަ ބޭފުޅެއްގެ އާއިލީ މެންބަރަކު، ފުރާވަރު އަންހެން ކުއްޖަކު ރޭޕްކުރި ކަމަށް ބުނާ މައްސަލާގައި އަދިވެސް މީހަކު ހައްޔަރު ނުކުރާތީ، އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެ އަމަލު ހިންގި މީހާ "މިހާރުން މިހާރަށް" ހައްޔަރު ކުރުމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ގޮވާލައްވައިފިއެވެ.
ނިހާން މިއަދު މެންދުރު ފަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭޕްގެ އަމަލުގައި ބައިވެރިވީ ކޮންމެ މީހަކު ކަމުގައިޔަސް އެ މީހަކު މިހާރުން މިހާރަށް ހައްޔަރުކޮށް ކުރުމަށް ފުލުހުންނަށް ގޮވާލާ ކަމަށެވެ. އަދި އެ މީހަކަށް ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ރާއްޖޭގެ އަދުލު އިންސާފު ގާއިމު ކުރާ ފަރާތްތަކަށް ނިހާނު ވަނީ ގޮވާލައްވާފައެވެ.
Thuhumathu Kurevey meehaa/Meehun Lasnukoh Hifaa Hayyaru Koh, Thahgeegu koh, Shareeathah Fonuvaa Qaanoonuga vaa Enmme Harukashi Adhabu Dhinumah govaalan! https://t.co/PQjiMo71B4
— Ahmed Nihan (@ahmed_nihan) January 6, 2018
ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ މާލޭގެ ސްޓޫޑިއޯއެއްގެ ތެރޭގައެވެ. ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ހިންގާ ޕާޓީ ތަމްސީލު ކުރެއްވުމުގައި އިސްކޮށް އުޅުއްވާ މަޖިލިސް މެމްބަރެއްގެ އާއިލާއަށް ނިސްބަތްވާ، އެމީހާއަށް ރޭޕްގެ ތުހުމަތުތައް ކުރެވެމުންދާއިރު، އެނާ ރޭޕުކުރި ކަމަށް ވަނީ 19 އަހަރުގެ ފުރާވަރު ކުއްޖެކެވެ.
ރޭޕްކުރި ކަމުގެ ތުހުމަތު ކުރެވޭ މީހާގެ ވަނަވަރާއި އެ މީހާ ނިސްބަތް ވަނީ ސަރުކާރުގެ ނުފޫޒުގަދަ ބޭފުޅެއްގެ އާއިލާއަށްކަން "ރާއްޖެއެމްވީ" އަށް އެނގިފައި ވިޔަސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގައި ބުނާ ގޮތުން، ތުހުމަތު ކުރެވޭ މީހުންގެ ބަހެއް ނުލިބި އެފަދަ މީހުންގެ ވަނަވަރެއް ހާމަކުރެވޭކަށް ނެތެވެ.
ނިހާނުގެ އިތުރުން ވެސް ވަރަށް ގިނަ ފަރާތްތަތަކަކުން ގެންދަނީ އެ މައްސަލައިގަ ތުހުމަތުކުރެވޭ ފަރާތް މޫނަށް ކަނދުރާއަކަށް ބެލުމެއް ނެތި އިންސާފުގެ ކުރިމައްޗަށް ގެނެސް މައްސަލަ ބެލުމަށް ކަމާ ބެހޭ ފަރާތްތްކަށް ގޮވާލަމުންނެވެ.
Impunity to any rape suspect is unacceptable. Rape suspects being at large is a threat to every women of the country. Police should take stringent action including immediate arrest if the case is substantial! https://t.co/D0td3wmnKJ
— Abdulla Riyaz MP (@riyazabdulla) January 6, 2018
Rape massalaiga himeney faraaiy hifaa hayyrukoh qaanoonugaivaa adhabu dhinumah govaalan
— Ahmed Mahloof (@AhmedMahloof) January 6, 2018