ރ. މަޑުއްވަރީ 19 އަހަރުގެ ޒުވާން އަންހެނަކު ފިލައިގެން އުޅޭތީ އެރަށު ރައްޔިތުން ނިކުމެ ހޯދަން ފަށައިފިއެވެ.
ރ. މަޑުއްވަރީ ކައުންސިލްގެ ރައީސް އަބްދުﷲ އަހުމަދު ހޮނިހިރު ދުވަހު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެރަށު 19 އަހަރުގެ އައިމިނަތު ޝަބާ ނަމަކަށް ކިޔާ އަންހެނަކު އާއިލާއަށް ފިލައިގެން އުޅޭކަމުގެ މައުލޫމާތު ކައުންސިލަށް ވެސް ރިޕޯޓް ކޮށްފައިވާ ކަމަށާއި އޭނާ ހޯދުމަށް އެރުގައި ތިބޭ ފުލުހުންނާއި ރައްޔިތުން ނިކުމެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަބްދުﷲ ވިދާޅުވީ އޭނާ ފިލާފައި ވަނީ ހުކުރު ދުވަހުގެ 16:00 އާއި 16:30 ދެމެދުގެ ވަގުތެއްގައި ކަމަށް އާއިލާއިން ބުނާ ކަމަށާއި ނަމަވެސް އަދިވެސް އޭނާ ފެނިފައި ނުވާ ކަމަށެވެ.
އަބްދުﷲ ވިދާޅުވީ އެކުއްޖާގެ ފޯނަށް ގުޅޭ ކަމަށާއި ނަމަވެސް އޭނާ ހުރިތަނެއް އެނގިފައި ނުވާ ކަމަށެވެ. އަދި އާއިލާގެ މެމްބަރުންނާ މެސެޖުން މުއާމަލާތް ކުރަމުން ދާކަމަށް އާއިލާން ބުނާ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.
އަބްދުﷲ ވިދާޅުވީ އޭނާއަކީ ސިނކުޑީގެ އުނިކަމެއް އަދި ބޮޑު ބައްޔެއް ހުންނަ ކުއްޖެ ވެސް ނޫން ކަމަށެވެ.
މީގެ އިތުރުން އަބްދުﷲ ވިދާޅުވީ އޭނާ ފިލައިގެން އުޅެން އެރަށުގައި ބޯކޮށް ގަސްހުރި ވަލެއް ފަދަ ތަނެއް ނެތް ކަމަށާއި ކޮންމެ ވެސް ގެއެއް ކަހަލަ ތަނެއްގެ ތެރޭގައި ފިލާ އޮތް ކަމަށް ވަރަށް ބޮޑަށް ލަފާކުރެވޭ ކަމަށެވެ.