ކ. މާލެ
|
6 ޖެނުއަރީ 2018 | ހޮނިހިރު 10:36
ބޯޓުގައި އެވަގުތު 168 ފަސިންޖަރުންނާއި ހަ ކްރޫ މެމްބަރުން ތިބި
ބޯޓުގައި އެވަގުތު 168 ފަސިންޖަރުންނާއި ހަ ކްރޫ މެމްބަރުން ތިބި
ރޮއިޓަރސް
ވެސްޓްޖެޓް އެކްސިޑެންޓް
ޓޮރޮންޓޯ އެއަރޕޯޓްގައި ދެ މަތިންދާ ބޯޓެއް ޖެހި އެއް ބޯޓުން މީހުން ބާލަން ޖެހިއްޖެ
ވެސްޓްޖެޓުން ބުނީ ހުރިހާ ފަސިންޖަރުން ސަލާމަތުން ބޯޓުން ބޭލުވި ކަމަށް
ބޯޓުގައި އެވަގުތު 168 ފަސިންޖަރުންނާއި ހަ ކްރޫ މެމްބަރުން ތިބި
ބޯޓަކީ މެކްސިކޯއިން ފުރައިގެން ޕެއަރސަން އެއަރޕޯޓަށް ދަތުރުކުރި ބޯޓެއް

ކެނެޑާގެ ޓޮރޮންޓޯ އެއަރޕޯޓްގެ ރަންވޭގައި ދެ ފްލައިޓެއް ޖެހި ފްލައިޓުން ކުއްލި ހާލަތުގައި މީހުން ބާލަން ޖެހިއްޖެ ކަމަށް އެއަރލައިނުން ބުނެފިއެވެ.

ވެސްޓްޖެޓް އެއަރލައިނުން ބުނީ ބޯއިންގް 737-800 ގެ ބޯޓު ސަންވިންގް އެއަރލައިންސްގެ ބޯޓުގައި ޖެހިފައި ވަނީ ގޭޓަށް މަޑުކޮށްގެން އޮއްވައި ކަމަށެވެ. 

ބޯޓުގައި އެވަގުތު 168 ފަސިންޖަރުންނާއި 6 ކްރޫ މެމްބަރުން ތިއްބެވެ. އަނެއް ބޯޓު އޮތީ ހުސްކޮށެވެ.

މި އެކްސިޑެންޓާ އެކު ބޯޓްގެ ފަހަތު ފިޔަގަނޑުގައި ހުޅުހިފި ނަމަވެސް ވެސްޓްޖެޓުން ބުނީ ހުރިހާ ފަސިންޖަރުން ސަލާމަތުން ބޯޓުން ބޯޓުން ބޭލުވި ކަމަށެވެ.

އެއަރލައިނުން ބުނީ އެ ބޯޓަކީ މެކްސިކޯ އިން ފުރައިގެން ޕެއަރސަން އެއަރޕޯޓަށް ދަތުރުކުރި ބޯޓެއް ކަމަށެވެ.

- ކޮމެންޓް