ކ. މާލެ
|
6 ޖެނުއަރީ 2018 | ހޮނިހިރު 10:54
ޖަޕާނުގެ ފޮރިން މިނިސްޓަރަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު
ޖަޕާނުގެ ފޮރިން މިނިސްޓަރަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު
ހާރިޖީ ވުޒާރާ
ޖަޕާން- ރާއްޖެ
ޖަޕާނުގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަންނަވައިފި
މި ދަތުރުފުޅުގައި ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރައްވާނެ
ދެ ގައުމުގެ ފޮރިން މިނިސްޓަރުން މަޝްވަރާކުރައްވާނެ
ރާއްޖެ އާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު

ރަސްމީ ދަތުރުފުޅެއްގައި ޖަޕާނުގެ ފޮރިން މިނިސްޓަރު ޓަރޯ ކޯނޯ ރާއްޖެ ވަޑައިގަންނަވައިފިއެވެ.

ޖަޕާނުގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންނެވީ ހޮނިހިރު ދުވަހުގެ ހެނދުނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމެވެ.

ފޮރިން މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި، ޓަރޯ ކޯނޯގެ މި ދަތުރުފުޅުގައި ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ޑރ. އާސިމާ އެކު މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ޖަޕާނުގެ ފޮރިން މިނިސްޓަރުގެ މި ދަތުރުފުޅުގައި މަޝްވަރާކުރަން ހަމަޖެހިފައި ވަނީ ކޮން ކަންތައްތަކާ ގުޅޭ ގޮތުން ކަމެއް ފޮރިން މިނިސްޓްރީ އިން ހާމައެއް ނުކުރެއެވެ.

ރާއްޖެ އާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ، މިދިޔަ އަހަރަށް ވަނީ 50 އަހަރު ފުރިފައެވެ. ރާއްޖެ އާއި ޖާޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރީ 1967 ވަނަ އަހަރެވެ.

ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ޖަޕާނުން ވަނީ ރާއްޖޭގެ ތަރައްގީގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް