ކ. މާލެ
|
6 ޖެނުއަރީ 2018 | ހޮނިހިރު 08:15
ރާއްޖެޓީވީގެ 2017 ވަނަ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފަކަށް ހޮވުނު މުޙައްމަދު އަނިލް އަށް ޝަރަފްވެރި މެހެމާން ހުސެއިން މުޙައްމަދު އިނާމް ހަވާލު ކޮށްދެއްވަނީ
ރާއްޖެޓީވީގެ 2017 ވަނަ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފަކަށް ހޮވުނު މުޙައްމަދު އަނިލް އަށް ޝަރަފްވެރި މެހެމާން ހުސެއިން މުޙައްމަދު އިނާމް ހަވާލު ކޮށްދެއްވަނީ
މުހައްމަދު ޝަރުހާން
ރާއްޖެޓީވީ ސްޓާފް އެވޯޑް
ރާއްޖެޓީވީގެ އެންމެ ރަނގަޅު މުވައްޒަފަކަށް މުހައްމަދު އަނިލް
މިއީ ރާއްޖެޓީވީގެ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފުގެ މަގާމް އަނިލް ހޯދި ދެވަނަ ފަހަރު
އަހަރުގެ އެންމެ އުފެއްދުންތެރި މުވައްޒަފަކަށް ހޮވުނީ މުޙައްމަދު ވިސާމް
އެންމެ އުއްމީދީ މުވައްޒަފަކަށް ހޮވިފައިވަނީ ފާތިމަތު ޝަނާ

ރާއްޖެޓީވީގެ 2017 ވަނަ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފަކަށް ޗީފް ކެމެރާމަން މުޙައްމަދު އަނިލް ހޮވިއްޖެ އެވެ.

މިމަގާމް އަނިލް ހޯދީ، ރާއްޖެޓީވީގެ ސީނިއަރ ވީޑިއޯ ޖަރނަލިސްޓުން ކަމަށްވާ އަހުމަދު މުހުސިން އަދި މުޙައްމަދު ފަޒީންގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިއީ މިއެވޯޑް އަނިލް ހޯދި ދެވަނަ ފަހަރެވެ.

ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގައި ބޭއްވި ރާއްޖެޓީވީ އަދި ރާއްޖެ.އެމްވީގެ އަހަރީ އިނާމް ދިނުމުގެ ހަފްލާގައި މިދިޔަ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފަށް ހޮވުނު މުޙައްމަދު އަނިލް އަށް އެވޯޑް ހަވާލު ކޮށްދެއްވީ ހަފްލާގެ ޝަރަފްވެރި މެހެމާން، ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހުސެއިން މުޙައްމަދެވެ.

މީގެ އިތުރުން މިހަފްލާގައި ވަނީ، ފާއިތުވި އަހަރު ރާއްޖެޓީވީ އަށް އެކި ދާއިރާތަކުން އެންމެ ރަނގަޅު މުވައްޒަފުން ފާހަގަކޮށް އެވޯޑް ދީފައެވެ.

އެންމެ އުއްމީދީ މުވައްޒަފަކަށް ހޮވިފައިވަނީ ސީނިއަރ ވީޑިއޯ ޖަރނަލިސްޓް ފާތިމަތު ޝަނާ މުޙައްމަދު ހޮވިފައިވާއިރު، އެންމެ އުފެއްދުންތެރި މުވައްޒަފަކަށް ހޮވިފައިވަނީ ސީނިއަރ ވީޑިއޯ ޖަރނަލިސްޓް މުޙައްމަދު ވިސާމް އެވެ.

އަހަރުގެ އެންމެ މޮޅު ޕްރެޒެންޓަރަކަށް ހޮވިފައިވަނީ ސީނިއަރ ވީޑިއޯ ޖަރނަލިސްޓް އަހުމަދު މުހުސިން އެވެ.

އަހަރުގެ އެންމެ މޮޅު އުފެއްދުމަކަށް ހޮވިފައިވަނީ އިންޑިއާގެ ޔަތީމްޚާނާއެއްގައި ދިރިއުޅެން ޖެހުނު ދިވެހި ތިން އަންހެން ކުދިންނާއި ގުޅޭ ގޮތުން މުޙައްމަދު ވިސާމް ތައްޔާރުކުރި ޑޮކިއުމެންޓަރީ "ހިތްދަތި އާދޭސް" އެވެ.

އަހަރުގެ އެންމެ މޮޅު ވީޑިއޯ އެޑިޓަރަކަށް ހޮވިފައިވަނީ އަހުމަދު ސިރާޖް އެވެ. އެންމެ މޮޅު ކެމެރާމަނަކަށް ހޮވިފައިވަނީ އާދަމް ޒަރީރު އެވެ. އެންމެ ރަނގަޅު އޮންއެއަރ އޮޕަރޭޓަރަކަށް ހޮވިފައިވަނީ އައިމިނަތު މުޙައްމަދު އެވެ.

އަހަރުގެ އެންމެ ރާއްޖެ އެމްވީގެ ކިޔުންތެރިންގެ މަގުބޫލް ލިޔުމަށް ހޮވިފައިވަނީ އަހުމަދު މުހުސިން ލިޔުނު "ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން..." އެވެ.

އެންމެ މޮޅު ލިޔުމަށް ހޮވިފައިވަނީ ސީނިއަރ ވީޑިއޯ ޖަރނަލިސްޓް ފާތިމަތު ޝަނާ ލިޔުނު "ރަޝީދުގެ އަންހެނުންގެ ދުލުން – ފިރިމީހާ ނިޔާވެގެން ދިޔައީ ނަޖިސް މުންޑާއެކު" އެވެ.

އަހަރުގެ އެންމެ މަގުބޫލް ފޮޓޯސްޓޯރީ އަކަށް ހޮވިފައިވަނީ ފޮޓޯ ޖަރނަލިސްޓް މުޙައްމަދު ޝަރުހާން ވަހީދުގެ "ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކުރުން" އެވެ.

ކިޔުންތެރިންގެ މެދުގައި އެންމެ މަގުބޫލް ލިޔުންތެރިޔަކަށް ހޮވިފައިވަނީ އަޒްމޫން އަހުމަދު ދީދީ އެވެ.

އަހަރުގެ އެންމެ ގިނަ ލިޔުންތައް ލިޔުނު ލިޔުންތެރިޔަކަށް ހޮވިފައިވަނީ ރުޝްދާ ރަޝީދެވެ.

ފާއިތުވި އަހަރު ރާއްޖެޓީވީ އިން ހާޒިރީ އަށް އެންމެ ރަނގަޅު މުވައްޒަފުންނަށް ހޮވިފައިވަނީ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމް، ޗީފް ކެމެރާމަން މުޙައްމަދު އަނިލް، ޑެޕިއުޓީ ހެޑް އޮފް އިންޓަރނޭޝަނަލް ނިއުސް އަބްދުﷲ މުޙައްމަދު، ސީނިއަރ ވީޑިއޯ ޖަރނަލިސްޓް އަހުމަދު މުހުސިން އަދި ސީނިއަރ ވީޑިއޯ ޖަރނަލިސްޓް މުޙައްމަދު ފަޒީނެވެ.

މީގެ އިތުރުން މިހަފްލާގައި ވަނީ، ރާއްޖެޓީވީ އަށް ފަސް އަހަރު ހިދުމަތް ކޮށްދިން ސީނިއަރ ވީޑިއޯގްރާފަރ އަހުމަދު މަމްދޫހް އަދި ޗީފް ކެމެރާމަން މުޙައްމަދު އަނިލްގެ ހިދުމަތް ފާހަގަކޮށް ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް